އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭ ހޮސްޕިޓަލުގެ ފަސްނަރުހަކާއި އާއްމުން މުވައްޒިފަކު ލޭދީގެން މާބަނޑު އަންހެނެއްގެ ފުރާނަ ސަލާމަތްކޮށްފި!

ހުޅުމާލޭ ހޮސްޕިޓަލުގެ ފަސްނަރުހަކާއި އާއްމުން މުވައްޒިފަކު ލޭދީގެން މާބަނޑު އަންހެނެއްގެ ފުރާނަ ސަލާމަތްކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ވަރަށް ބޮޑަށް ހާލުދެރަވެ، މާގިނައިން ލޭ ފައިބަތީ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ މާބަނޑު އަންހެނަކު ސަލާމަތްކުރަން، އެ ހޮސްޕިޓަލުގެ ފަސް ނަރުހަކާއި އާންމު މުވައްޒަފަކު ކުއްލި ހާލަތުގައި ލޭހަދިޔާ ކޮށްގެން އެއަންހެންމީހާގެ ފުރާނަ ސަލާމަތް ކޮށްފިއެވެ.

މިމަހުގެ 18 ވީ ހޮނިހިރު ދުވަހު އެ އަންހެންމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ގިނަ އަދަދަކަށް ލޭ ފޭބި އެވެ. ލޭ ދޭނެ މީހަކު އާއިލާ އިން ހޯދާފައި ހުއްޓަސް އޭނާ ހޮސްޕިޓަލަށް އައުން ލަސްވުމުން، އެނޫން ގޮތެއް ނެތިގެން، އެކަމަށް ކުރިމަތިލީ ހޮސްޕިޓަލުގެ ނަރުހުންނައި އެމުވައްޒިފެވެ.

ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ހުސެއިން ޝާކިރު ވިދާޅުވީ ފުރަތަމަ ލޭ ހަދިޔާކުރީ އޮޕަރޭޝަން ތިއޭޓަރުގައި ތިބި ނަރުހުން ކަމަށެވެ. އޭގެ ފަހުން އަނެއް ދުވަހު ހެނދުނު އޭނާގެ ސިޒޭރިއަން ހަދާ، އައިޖީއެމްއެޗަށް ބަދަލުކުރުމާ ދެމެދު ފަސް ނަރުހަކާއި އެހެން ޑިޕާޓްމެންޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު ވެސް ލޭ ހަދިޔާކުރި އެވެ.

ހުސެއިން ވިދާޅުވި ގޮތުގައި 30 އަހަރުގެ މައިމީހާ އައިޖީއެމްއެޗަށް ބަދަލުކުރި އިރު ގަޔަށް ނާޅާ ބާކީ ހުރި ހަތަރު ޕައިންޓް ލޭ ވެސް ފޮނުވި އެވެ.

އެނގިފައިވާ ގޮތުގައި އެއަންހެންމީހާގެ ގަޔަށް މުޅިއަކު 8 ޕޮއިންޓު ލޭ އަޅަން ޖެހުނެވެ. އަދި އެމީހާ މިހާރުވެސް ދަނީ އައިޖީއެމްއެޗްގެ އައިސީޔޫ ގައިފަރުވާ ހޯދަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ