އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވިތާ ތިންހާސް އަހަރަށްވުރެ ގިނަ ދުވަސްވީ "މަމީ" އެއްގެ އަޑު އެނބުރިއައުން!

މަރުވިތާ ތިންހާސް އަހަރަށްވުރެ ގިނަ ދުވަސްވީ "މަމީ" އެއްގެ އަޑު އެނބުރިއައުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

މީގެ އެތައްހާސް އަހަރެއް ކުރިން ދުނިޔޭގައި އުޅުނު މިސްރުގެ ފާދިރީއެއްގެ އެދުމެއް، ސައިންޓިސްޓުން ފުރިހަމަ ކޮށްފިއެވެ. މީގެ 3000 އަށްވުރެ ގިނަ ދުވަސްކުރިން މަރުވި އެފާދިރީގެ ހަށިގަނޑު "މަމީ" އަކަށް ހެދުމަށްފަހު، މިހާރު ސައިންޓިސްޓުން ވަނީ އާޓިފިޝަލް ވޯކަލް ކޯޑް ބޭނުން ކޮށްގެން އޭނާގެ އަޑު އަލުން އުފައްދާފައެވެ.

"ނެސާމޫން" ނަމަކަށް ކިޔާ މިސްރުގެ އެފާދިރީ މަރުވެފައިވަނީ 1100 ބީސީ ގައެވެ. އަދި އޭނާގެ ހަށިގަނޑު މަމީއަކަށްހަދާ ބަހައްޓާފައި ހުންނަނީ އިނގިރޭސިވިލާތުގެ ޔޯކްޝަޔަރ ގައި ހުންނަ "ލީޑްސް ސިޓީ" ކިޔާ މިއުޒިއަމް އެއްގައެވެ.

ނީލު ކޯރު ކައިރީ ކުރިން އުފެދިފައިވާ އަވަށެއް ކަމަށްވާ "ތީބްސް" ގެ ފައްޅިއެއްގައި އުޅުނު ނެސާމުން، ފާދިރީކަން ކުރުމުގައި ނުހަނު ގަދަ އަޑެއް ބޭނުންކުރިއެވެ. އޭނާގެ މަރާއެކު އެއަޑު ކެނޑުނު ނަމަވެސް، ސައިންޓިސްޓުންގެ ޓީމަކުން 3000 އަށްވުރެ ގިނަ ދުވަސްފަހުން މިވަނީ އޭނާގެ އަޑާއި ވައްތަރު އަޑެއް އުފައްދާފައެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ސައިންޓިސްޓުން ނެސާމޫންގެ އަޑު ނަކަލު ކޮށްފައިވަނީ އޭނާގެ ވޯކަލް ޓްރެކްޓްގައި 3ޑީ ޕްރިންޓެޑް އަޑު ފޮށްޓެއް ގުޅުމަށްފަހުއެވެ. އަދި އެއަށް އާޓިފިޝަލް ލެރީންކްސް އަޑެއް ފޮނުވުމުން ބަހެއް ހެދޭފަދަ އަޑެއް ނިކުތް ކަމަށާއި އެއަޑު ނެސާމޫންގެ އަޑާއި އެއްގޮތް ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މިއީ މަރުވެފައިވާ މީހެއްގެ އަޑު މުޅި ދުނިޔެއިން ވެސް ނަކަލު ކުރެވުނު ފުރަތަމަ ފަހަރެވެ. ނެސާމޫންގެ އަޑުން އަދި އެންމެ ބަހެއް އުފެދިފައިވީ ނަމަވެސް، ސައިންޓިސްޓުން އުއްމީދު ކުރަނީ އިތުރަށް ރިސާރޗްކޮށް، ޖުމްލައެއް އެއްކޮށް ހެދޭފަދަ ގޮތަކަށް އޭނާގެ އަޑު އަލުން އަނބުރާ ގެނައުމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ