އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުށްމަދު ކުރުމަށް ވެލިދޫގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި

ކުށްމަދު ކުރުމަށް ވެލިދޫގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

 ނ. ވެލިދުއަކީ ކުށްމަދު އަމާން ރަށެއްގެ ގޮތުގައި ބޭއްވުމަށް ވެލިދޫ ޕޮލިސް ސްޓޭޝަނުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މި ހިނގާ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، އެރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ހުންނަޖެހޭ އަހަރީ ފީ އާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެފައިވެއެ.

އަދި  އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ދުއްވާ އުޅަނދު ތަކެއްތޯ ބަލައި ފާސްކޮށްފައިވެއެވެ. އަދި ވެލިދޫގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ދަފްތަރެއް އެކުލައިވައިލުމުގެ މަސައްކަތްކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން މި ހިނގާ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ކުށްތަކަށް މަގުފަހިވާ ގޮތަށް އެރަށުގައި ހުރި ފަޅުގެ ތަކާއި ހުސްބިންތަކާއި ވަލުތެރެއާއި ރަށުތެރޭގައި ގުރޫޕު ހަދައިގެން މީހުން އެއްވެ އުޅޭ ސަރަޙައްދުތައް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއެކު 33 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން މަނަދޫގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ