އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރުވެސް އަޅަން ފަށާފައިހުރި ގިނަ ހޮސްޕިޓަލްތަކުގެ މަސައްކަތް ހުރީ ހުއްޓިފަ: ޑރ. ޚަލީލް

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރުވެސް އަޅަން ފަށާފައިހުރި ގިނަ ހޮސްޕިޓަލްތަކުގެ މަސައްކަތް ހުރީ ހުއްޓިފަ: ޑރ. ޚަލީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރުވެސް ކުރީ ސަރުކާރުން އަޅަން ފަށާފައިހުރި ގިނަ ހޮސްޕިޓަލްތަކުގެ މަސައްކަތް ހުރީ ހުއްޓިފައިކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޑރ. ޚަލީލް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ގިނަ ސަރަޙައްދުތަކުގައި އަޅަން ފަށާފައިހުރި ހޮސްޕިޓަލްތަކުގެ މަސައްކަތް ހުރީ ހުއްޓިފައި ކަމަށާއި އެ މަސައްކަތްތައް ހުއްޓުމަށް އެކި ސަބަބުތައް މެދުވެރިވިއިރު ބައެއް މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނާ މަޝްވަރާކޮށްގެން މަސައްކަތް މިހާރު ފަށާފައިވާކަމަށްވެސް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ޖުމްލަ ޕްރޮޖެކްޓުތަކަށް ބަލާއިރު ދެ ބިލިއަނަށްވުރެ ބޮޑު. ދައުލަތުން މިއަހަރުގެ ބަޖެޓުގެ ގޮތުގައި ހެލްތު މިނިސްޓްރީއަށް ލިބިފައިވަނީ ގާތްގަނޑަކަށް 380 މިލިއަން ރުފިޔާ ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށްޓަކައި. މިއީ ޙަވާލުކޮށްފައި ހުރި ޕްރޮޖެކްޓުތަކާ އަޅާބަލާއިރު ވަރަށް ކުޑަ ބަޖެޓެއް،" ޞިއްޙަތާބެހޭ ވަޒީރު ޑރ. ޚަލީލް ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު