އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާގެ ހުނާންގައި ދޫނިރޯގާ ފެތުރެނީ! އެއްވެސް އިންސާނަކަށް ޖެހުނުކަމަކަށް އަދި ރިޕޯޓު ކޮށްފައެއްނުވޭ!

ޗައިނާގެ ހުނާންގައި ދޫނިރޯގާ ފެތުރެނީ! އެއްވެސް އިންސާނަކަށް ޖެހުނުކަމަކަށް އަދި ރިޕޯޓު ކޮށްފައެއްނުވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ޗައިނާގެ ހުނާން ޕްރޮވިންސްގައި އެޗް5އެން1 ދޫނިރޯގާ ފެތުރެމުންދާ ކަމަށް އެޤައުމުން އިއުލާން ކޮށްފިއެވެ. ހުނާން އަކީ ވުހާންފެ ކޮރޯނާ ވައިރަސް އެޕިސެންޓަރ ކައިރީގައި އޮންނަ ޕްރޮވިންސެކެވެ.

އެސަރަޙައްދުގައި ދޫނިރޯގާ ފެތުރެމުންދާކަން އިއުލާން ކޮށްފައިވީ ނަމަވެސް، އަދި އެެއްވެސް އިންސާނަކަށް އެބަލި ޖެހިފައިނުވާ ކަމަށާއި ބަލި ފެނިފައިވާ ވަނީ ހަމައެކަނި ކުކުޅުތަކަކުން ކަމަށް ވެސް ބުނެފައިވެއެވެ.

"އެޗް5އެން1 ދޫނިރޯގާ އައުޓްބްރޭކް ފެނިފައިވަނީ ޝައޮޔަންގް ސިޓީގެ ޝުއަންގްޤިންގް ޑިސްޓްރިކްޓްގައި ހުރި ފާމަކުން. އެފާމުގައި 7850 ކުކުޅު ބަލަހައްޓަމުން ދިޔައިރު އޭގެ ތެރެއިން 4500 ކުކުޅު ވަނީ މިހާރު މިބަލީގެ ސަބަބުން މަރުވެފަ. ދޫނިރޯގާ ފެތުރޭކަން އެނގުމުން ސަރުކާރުންވަނީ އެކިއެކި ޖަނަވާރުން ގެންގުޅޭ  17،828 ޕޯލްޓްރީއެއް ހަލާކުކޮށްލާ ބަންދުކޮށްފަ" ޗައިނާގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒުން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޗައިނާގެ ވުހާން ސިޓީގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް އަށް ބައެއް މީހުން އިންފެކްޓްވުމުގެ ސަބަބުން، އެޤައުމުގެ ސިއްޙީ ދާއިރާ ހަލަބޮލިވެފައި ވަނިކޮށް، ދޫނި ރޯގާވެސް ފެތުރުންދާކަން ހާމަވުމުން، ޗައިނާއިން ދަނީ އެބައްޔަށް ވެސް ފަރުވާއެއް ހޯދުމަށް ތައްޔަރުވަމުންނެވެ. ދޫނިރޯގާއަކީ ނޮވެލް ކޮރޯނާއަށްވުރެވެސް ނުރައްކާތެރި ބައްޔެއްކަމުން، ރައްޔިތުން ސަމާލުވެތިބެ ރައްކާތެރިވުމަށް އެޤައުމުގެ ސަރުކާރުން ވަނީ ގޮވާލާފައެވެ.

ޗައިނާގައި މިހާތަނަށް ކޮރޯނާ ވައިރަސް އަށް އިންފެކްޓްވެފައިވާ ކަމަށް ޝައްކު ކުރެވޭ 14،562 ފަރާތެއް ރިޕޯޓު ކުރެވިފައިވާއިރު 305 މީހުން މިބަލީގައި އެޤައުމުން މަރުވެފައިވާ ކަމަށް ޗައިނާއިން ރިޕޯޓު ކޮށްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ