އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާއިން އައި ދެ ދިވެއްސަކު ކަރަންޓީނު ކޮށްފި!

ޗައިނާއިން އައި ދެ ދިވެއްސަކު ކަރަންޓީނު ކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ޗައިނާއިން ރާއްޖެއަށް އައި ދެ ދިވެއްސަކު ކޮރޯނާ ވައިރަސް އަށް ކަރަންޓީނު ކޮށްފިކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެދެމީހުން މިހާރު ތިބީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިހުރި ކަރަންޓީނު ފެސިލިޓީގައި ކަމަށާއި 14 ދުވަސް ވަންދެން އެމީހުން އެތަނުގައި ބައިތިއްބާނެ ކަމަށެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެމީހުން ކަރަންޓީން ކުރީ ކޮރޯނާ ވައިރަސްގެ އެއްވެސް އަލާމާތެއް ފެނިގެން ނޫންކަމަށާއި ހަމައެކަނި ސަބަބަކީ ޗައިނާއަށް ދަތުރުކޮށްފައިވުން ކަމަށެވެ. އަދި އެ ދެ މީހުން އެ ބައްޔަށް ޓެސްޓު ވެސް ނުކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ޗައިނާއިން އައުޑްބައުންޑް ވެފައިވާ ހިސްޓްރީއެއް އޮތީމަ އަޅުގަނޑުމެން ފަރުކޮޅުފުށީގައި ދެ ދިވެހިން ބަލަހައްޓަމުން އެބަ ގެންދަން. އެއީ އެއްވެސް ހާލެއްްގައި، ބަލީގެ އަލާމާތެއް އެކަހަލަ ކަމެއް އޮވެގެނެއް ނޫން،" ޓޫރިޒަމް މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އެއާލައިންތަކުގެ ޕޮލިސީތަކަށް ގެނައި ބަދަލުތަކާގުޅިގެން މިވަގުތު ރާއްޖޭގައި ނުފުރިތިބި 11 ފަތުރުވެރިން މިރޭގެ ވަގުތެއްގައި ފުރުވާލެވޭނެ ކަމަށާއި މި ފަތުރުވެރިންގެ ހުރިހާކަމެއް ބަލަހައްޓަމުން ގެންދަނީ ސަރުކާރުން ކަމަށެވެ. އަދި އިންޑިއާގައި ކަރަންޓީނު ކޮށްފައިތިބި ދިވެހިންގެ ހާލަތުވެސް ސަރުކާރުން ބަލަމުން އަންނަކަން މިނިސްޓަރ ފާހަގަ ކޮށްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ