އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހީ ރިޕޯޓް: ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަންޖެހިފައިވާ މިތުއްތު ކުއްޖާއަށް ދީލަތި އެހީއެއްވެދެއްވާ!

އެހީ ރިޕޯޓް: ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަންޖެހިފައިވާ މިތުއްތު ކުއްޖާއަށް ދީލަތި އެހީއެއްވެދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު

މިތުއްތު ކުއްޖާގެ އުމުރުން އަދިވީ އެންމެ އަށް ދުވަހެވެ. ބަލިހާލަތު ކޮންމެ ގޮތަކަށް ހުރިނަމަވެސް އޭނާ ކޮންމެ ދުވަހަކުމެ ދައްކަމުންދާ ހިތްވަރަށް އައްސަރިބަހާ ސާބަސް ދޭވަރުވެއެވެ.

މިދިޔަ މަހުގެ 31 ގައި އުފަންވި މިކުއްޖާގެ ހިތުގައި ހަތަރު މައްސަލައެއް އުޅޭކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ ފާހަގަ ކޮށްފައެވެ. އެއީ ހިތުގައި ލޯވަޅެއް އުފެދިފައިވުމާއި ހިތުގެ ތިން ނާރެއްގެ މައްސަލައެވެ.

ކުއްޖާގެ ބައްޕަ އިޒާމް ޒާހިރް "މިއަދުނޫހަށް" މައުލޫމާތު ދެމުން ބުނީ، އެކުއްޖާގެ ހިތުގެ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށާއި ކުއްޖާގެ އުމުރުން 6 މަހާއި 9 މަސް ތެރޭގައި އޮޕަރޭޝަން ކުރުމަށެވެ. ނަމަވެސް އޭގެ ކުރިންވެސް ކުއްޖާގެ ހާލު ސީރިއަސްނަމަ ވީހާވެސް އަވަހަށް އިންޑިއާއަށް ގޮސް އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވިކަމަށް އިޒާމް ބުންޏެވެ.

"ކުއްޖާގެ އުމުރުން ހަ މަހާއި 9 މަހާއި ދެމެދު ހިތުގެ މިއޮޕަރޭޝަންތައް ކުރަން ދިޔުމަށް ބުނީ. އެކަމަކު އޭގެކުރިންވެސް ހާލު ސީރިއަސް ވެއްޖެނަމަ ލަސްނުކޮށް ފުރައިގެންގޮސް އޮޕަރޭޝަން ކުރުމަށް ބުނި. އަދި އެހާތަނަށް ކުއްޖާގެ ބަރުދަނުގައި ފަސް ކިލޯ ހުންނަންޖެހޭ ކަމަށް ވެސް ބުނި" އިޒާމް ކިޔާދިނެވެ.

ކުއްޖާގެ ބައްޕަ ބުނިގޮތުގައި އެންއައިސީޔޫގައި އޮްތް ނަމަވެސް މިވަގުތު ކުއްޖާގެ ހާލު ރަނގަޅެވެ. ނަމަވެސް ކުއްލިއަކަށް ދިމާވެދާނެ ހާލަތަކަށް ތައްޔާރުވެގެން ތިބުމުގެ ގޮތުން އެމީހުން ދީލަތިއެހީއަކަށް ބޭނުންވެއެވެ.

"އަޅުގަނޑުމެންނަކީ އެހާ ތަނަވަސް ބައެއް ނޫން. އަންހެނުން ބަނޑަށް ތިންމަހުގަ މާލެ އައިގޮތަށް މިއުޅެނީ އެއީ އެއިރު އަންހެނުންގެ ބަލިހާލަތު ވެސް ހުރި ގޮތުން. މާލޭގަ ތަނެއް ކުއްޔަށް ހިފައިގެން އުޅެނީ މަހަކު 6500 ރުފިޔާ ދައްކަންޖެހޭ އެތަނަށް. ދެން މިހާރު އަންހެނުން ވިހައިގެން ވެސް އަދި އެބަޖެހޭ އެއްމަސް ވަންދެން މަޑުކުރަން ބޭބީއަށް ވާނުވާ ބަލާފަ ފުރަން ޑޮކްޓަރު ބުނެފަ އޮތީ އެއީ އެއްމަސް ފަހުން އަދި ދައްކަން ޖެހޭތީ. ހަމަ ކުއްލިއަކަށް ވެސް ފުރަންޖެހިދާނެ ކަމަށް ތައްޔާރަށް ތިބެން ބުނުއްވި." އިޒާމް ބުންޏެވެ.

އިޒާމް އަކީ ގދ. ވާދޫ މީހެކެވެ. ލޯންޗު ދުއްވުމުގެ މަސައްކަތް ކުރާއިރު މިހާރު އޭނާ މާލޭގައި ހުރުމުގެ ސަބަބުން މުސާރައަށް ލިބެނީ މަހަކު 5000 ރުފިޔާކަމަށް އޭނާގެ އެއްބަނޑު އެއްބަފާ ދައްތައެއް "މިއަދުނޫހަށް" މައުލޫމާތު ދިނެވެ. އިޒާމްއާއި އޭނާގެ އަންހެނުން މާލޭގައި ތިބިތަނުގެ ކުލި ދައްކައިދެނީ ވެސް އެމީހުންގެ ބައްޕަކަމަށް އޭނާ ބުންޏެވެ.

މިތުއްތުކުއްޖާއަށް އާސަންދަ މިހާރުވެސް ހަމަޖެހިފައިވީ ނަމަވެސް، އިންޑިއާއަށް ގޮސް ހުރުމާއި ކެއުމުގެ ޚަރަދުތައް ވެސް ހިނޣާނެތީ، އެކަމަށްޓަކައި އެމީހުންނަށް އެހީތެރިކަން ބޭނުންވެއެވެ.

ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ބީއެމްއެލް އެކައުންޓް ނަންބަރ 7704265403101 (އިބްރާހިމް އަފީފް، އިޒާމްގެ ބޭބެ) އަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާއިން އެދެއެވެ. އިތުރު މައުލޫމާތު 7620807 ނަންބަރ ފޯނާއި ގުޅާލުމަށްފަހު ހިއްސާ ކޮށްލުން އެދެމެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ