އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު
ރާއްޖޭގައި މޫސުމީ ކުއްލި ހާލަތު އިއުލާން ކުރީ ބޭރު ދުނިޔެއަށް އެކަން ކުރިކަން ދެއްކުމުގެ ބަދަލުގައި އަޅަންޖެހޭ ޢަމަލީ ފިޔަވަޅުތައް ވަގުތުން އެޅުމަށް ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 68 މެމްބަރުންގެ ވޯޓާއެކު އިއްޔެ ވަނީ ރާއްޖެ އޮތީ މޫސުމީ ބަދަލުތަކުގެ ސަބަބުން ނުރައްކާތެރި ހާލަތެއްގައި ކަމަށް ނިންމައި، ކުއްލި ހާލަތު އިއުލާން ކުރުމަށް ފާސްކޮށްފައެވެ.
ޓްެރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށާއި، ނަމަވެސް އެ ފިޔަވަޅު އެޅީ ހަމައެކަނި ބައިނަލް އަގުވާމީ މުޖުތަމައުގެ ސަމާލުކަން ހޯދުމަށް ކަމަށް ނަހަދާ، ތިމާވެއްޓަށް ގެއްލުންވާ ހުރިހާ ކަންތައްތަކެއް ވަގުތުން ހުއްޓާލުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އެގޮތުން ގިނަ އަދަދެއްގެ ރުއްގަސް އެއްފަހަރާ ނެގުމާއި ކަނޑުފަޅުތައް ހަލާކުކުރުވާ މަޝްރޫއުތައް ހުއްޓާނުލާ ތިމާވެއްޓަށް ކުރާ ގެއްލުންތައް މަދުކުރެވޭނެ ގޮތެއް ނެތް ކަމަށް ވެސް އެއިދާރާއިން ދެކެއެވެ.
Advertisement
13 ފެބްރުއަރީ 2020