އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަހަރަކު އެމްއޭސީއެލަށް 55 މިލިއަން ޑޮލަރު ގެއްލުންވި ނަމަވެސް ޓީއެމްއޭއަށް ޖާގަ ނުދިނީމަ އެއާލައިންތަކުގެ ޓިކެޓް އަގުބޮޑުކުރަނީ؟؟

އަހަރަކު އެމްއޭސީއެލަށް 55 މިލިއަން ޑޮލަރު ގެއްލުންވި ނަމަވެސް ޓީއެމްއޭއަށް ޖާގަ ނުދިނީމަ އެއާލައިންތަކުގެ ޓިކެޓް އަގުބޮޑުކުރަނީ؟؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

އަހަރަކު އެމްއޭސީއެލަށް 55 މިލިއަން ޑޮލަރު ގެއްލުންވި ނަމަވެސް، ގެއްލުންކޮށްފައި ޖާގަ ދޭންޖެހޭ އެއްބަސްވުމެއް ނެތް ނަމަވެސް ޓީއެމްއޭއަށް ޖާގަ ނުދިނީމައި ރާއްޖެއަށް އަންނަ އެއާލައިންތަކުގެ ޓިކެޓް އަގުބޮޑުކުރާނެކަން ދޭހަވާ ގޮތަކަށް އެލެކްސް އަޙްމަދު ޓްވީޓްކޮށްފިއެވެ. 

"މައްސަލައަކަށް ވަނީ ޓީއެމްއޭ ނުދާތީއޭ! ތިބީމާ އާ ރަންވޭ ނުހުޅުވޭނީ! ބޯޓުފަހަރު ގަޑި ދެގަޑިއިރު ހުޅުލެވަށާ މުގޯލި އަޅަން ޖެހުނީމާ ދެން އަގުބޮޑުވާނީ އެއާލައިން ޓިކެޓް!" –އެލެކްސް އަޙްމަދު 

އެލެކްސް އަޙްމަދު މިމޭރުމުން ބުނެފައިވާއިރު އެމްއޭސީއެލްއަށް އަހަރަކު 55 މިލިއަން ޑޮލަރު ގެއްލުންކޮށްފައި ޓީއެމްއޭއަށް ޖާގަ ދޭންޖެހޭ ކަމުގެ އެއްބަސްވުމެއް އެމްއޭސީއެލް އާއިއެކު ވެފައެއް ނެތެވެ. ގެންގުޅެނީ ސިޓީއެކެވެ. އެކަހަލަ ސިޓީހިފައިގެން މީގެ ކުރިންވެސް ބައެއް ކުންފުނިތަކުން ދެކޮޅަށް ދުވުނުކަން ފާހަގަކުރެވެއެވެ. އަދި ފަހުން އެނގުނު ގޮތުގައި އެ ސިޓީތައް ޑްރާފްޓްކުރީވެސް އެކުންފުނިތަކުންނެވެ. ހަމައެކަނި ސަރުކާރު ލައްވައި ކުރުވީ ސޮޔެކެވެ. 

އެލެކްސް އަޙްމަދުގެ މިޓްވީޓުން އެނގެނީ ދިވެހި ސަރުކާރަށްވުރެ ޓީއެމްއޭގެ ބާރު މިހާރު މާވަރުގަދަވެފައިވާ ކަމެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް