އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ ޢަދަދެއްގެ ބޭރު ފައިސާ ކަސްޓަމްސްއިން ހިފަހައްޓައިފި

ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ ޢަދަދެއްގެ ބޭރު ފައިސާ ކަސްޓަމްސްއިން ހިފަހައްޓައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 39 ސިކުންތު

ކަސްޓަމްސްއަށް ޑިކްލެއަރ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ ޢަދަދެއްގެ ބޭރު ފައިސާ ކަސްޓަމްސްއިން ހިފަހައްޓައިފިއެވެ.  

މިގޮތުން ޑިސެމްބަރުމަހާއި ޖަނަވަރީމަހު 3 ފަހަރެއްގެ މަތިން ބޭރުކުރަން އުޅުނު ފައިސާ ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި އަތުލައިގަނެވުނު ފައިސާގެ ޢަދަދު 4 މިލިއަން ރުފިޔާއަށް އަރައެވެ.  

މި 3 މައްސަލައިގައި ފައިސާ އަތުލައިގެންފައިވަނީ ދިވެހި 2 ފިރިހެނުންނާއި ބަންގްލަދޭޝް މީހެއްގެ އަތުންނެވެ.  

އަތުލައިގަނެވުނު ތާރީޚު

އަތުލައިގަނެވުނު ފައިސާގެ ޢަދަދު (ދިވެހި ރުފިޔާއިން ޖެހޭ ޢަދަދު)

އަތުލަގަނެވުނު މީހާ

12 ޑިސެންބަރު 2019

2,154,145.51

29 އަހަރުގެ ދިވެހި ފިރިހެނެއް

12 ޑިސެންބަރު 2019

617,139.00

33 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެއް

22 ޖަނަވަރީ 2020

1,383,174

31 އަހަރުގެ ދިވެހި ފިރިހެނެއް

 

ޤާނޫނު ނަންބަރު 2014/10 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން، 20,000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ ޢަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެއަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރުފައިސާ ކަސްޓަމްސްއަށް ޑިކްލެއަރ ކުރަންޖެހެއެވެ.

މި މައްސަލަ އިތުރަށް ތަހުޤީޤުކުރުމަށްޓަކައި މިހާރުވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު