އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ ސުމޮން މިއާ ފަނަރަ އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ ސުމޮން މިއާ ފަނަރަ އަހަރަށް ޖަލަށްލާން ހުކުމްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮން މިއާ ގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ ފަނަރަ އަހަރަށް ޖަލަށްލާންކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ސުމޮންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު މާލޭ ގޯޅިގަނޑެއްގެ ތެރޭގައި މަރުވެއްފައި އޮއްވާ ފެނުނު ލ. ގަން ބާބުލްއަވާލީ، ހައްވާ ޒުހާ މަރާލި މައްސަލާގައެވެ.

 ހ. ލާލުކުރި ގޭގެ ކޮޓަރިއެއްގެ ތެރޭގައި ސުމޮންމިއާ ޒުހާއާ އެކު ޖިންސީ ގުޅުން ހިންގުމަށް ފަހު ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކަށް ފަހު ކަނާތުން ޒުހާގެ ކަރުގައި ހިފުމަށް ފަހު އޭނާ މަރާލާފައިވާ ކަމަށް ސުމޮން ވަނީ އެއްބަސްވެފައެވެ.

މިމައްސަލާގައި ހުކުމް އިއްވަމުން ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، ޒުހާގެ ކަރުގައި ހިފި ކަމަށް ސުމޮން ތަހުގީގުގަ އާއި ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވި ކަމަށާއި ޒުހާ މަރުވެފައި ވަނީ ކަރުގައި ހިފައި، ނޭވާ ހާސް ކުރުމުގެ ސަބަބުން ކަން އޭނާ ބެއްލެވި ޑޮކްޓަރުގެ ބަހުންނާއި ލިޔުންތަކުން އެނގޭ ކަމަށާއި އަދި އެހާލަތުގައި އެއީ ގަސްދު މަރެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ.

އަދި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު ޒުހާ މަރާލީ ސުމޮން ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.

ސުމޮން ކުށްކުރި ގޮތަށް ބަލައި އަދަބުގެ ދެ ދަރަޖަ މަތިކޮށް، 15 އަހަރުގެ ޖަލު ހުކުމެއް އިއްވަން ދައުލަތުން މިއަދު އެދުނެވެ. ސުމޮންގެ މައްޗަށް ހުކުމް ކުރީ 15 އަހަރަށް ޖަލަށްލުމާ އެކު، މަރުގެ ދިޔައިިގެ ގޮތުގައި 100،000 ރުފިޔާ އެއް މަސް ތެރޭގައި ދެއްކުމަށާއި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދު މަހުގެ ދެ މަހުގެ ރޯދަ ހިފުމަށެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު