އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއީ ޔޫން! ހިތުގެ މައްސަލައެއް ހުރިނަމަވެސް، މާޝާ ﷲ ހިތްވަރުގަދަ ކުއްޖެއް! މިތުއްތުކުއްޖާއަށް ދީލަތި އެހީއެއްވަމާތޯ؟

މިއީ ޔޫން! ހިތުގެ މައްސަލައެއް ހުރިނަމަވެސް، މާޝާ ﷲ ހިތްވަރުގަދަ ކުއްޖެއް! މިތުއްތުކުއްޖާއަށް ދީލަތި އެހީއެއްވަމާތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 21 ސިކުންތު

ހިތުގެ އެކިއެކި މައްސަލަތައް ހުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ވަރަށް އާއްމު ކަމެއް ކަމުގައި ވެދާނެއެވެ. ނަމަވެސް ތުއްތު ކުއްޖެއްގެ މިފަދަ މައްސަލައެއް ހުރިކަން އެނގުމުން، ފުރިހަމައަށް ރަނގަޅު ސިއްޙަތެއްގައި ތިބޭ މީހުންގެ ހިތްތަކަށް ވެސް ފުން އަސަރެއް ކުރާނެއެވެ.

              

ފިލްމީތަރި މުޙައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތުމަތު ރިހްލާ (ރިހޫ) ގެ އެންމެ ހަގު ދަރިފުޅު ޔޫން މުޙައްމަދު ޔުނާން އަކީ، އުފަންވީއިރު ވެސް ހިތުގެ މައްސަލަތަކެއް ހުރި ކުއްޖެއް ނަމަވެސް މާޝާ ﷲ ވަރަށް ހިތްވަރުގަދަ، އެންމެ ތިންމަހުގެ ތުއްތު ކުއްޖެކެވެ. އެތުއްތު ތުއްތު މޫނުމައްޗަށް ވެރިވާ ހިނިތުންވުން ފެންނަ ކޮންމެ މީހަކުވެސް އެކުއްޖާދެކެ އިންތިހާއަށް ލޯބިވާނެއެވެ.

ޔޫންގެ ހާލަތު "މިއަދުނޫހަށް" ހިއްސާ ކުރަމުން ރިހޫ ބުނީ ޔޫން މިދުނިޔެއަށް އައި އިރުވެސް ހިތުގެ މައްސަލައެއް ހުރި ކަމަށާއި އެހެންކަމުން އުފަންވިތާ ދެވަނައަށްވީ ދުވަހު އެމަޖެންސީކޮށް އިތުރުފަރުވާއަށް އިންޑިއާއަށް ޔޫން ގޮވައިގެން ދިޔަ ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ޔޫންގެ ހިތުގެ އޮޕަރޭޝަނެއް ވެސް އެއިރު ކުރަންޖެހުން ކަމަށް ރިހޫ ބުންޏެވެ.

                 

"ބޭބީގެ ހިތުގެ ވާތްފަޅި އެއްވެސް ވަރަކަށް މަސައްކަތް ނުކޮށްގެން އެއިރު އޮޕަރޭޝަން ކުރީ. ވިހެއިރު ބޭބީގެ ނޭވާއަށް އުނދަގޫވެ ވެންޓިލޭޓަރަށް ލާން ޖެހުން. އޭގެފަހުން ބޭބީގެ އިކޯއެއް ހެދިއިރު އެނގުނީ ބޭބީގެ ހިތުގެ ވާތްފަޅި އެއްވެސް ވަރަކަށް މަސައްކަތް ނުކުރާކަމާ ލަންގްސް ސްޓިފް ވެފަ ވެސް ހުރިކަން. އެހެންވެ ވަގުތުން ފުރުވާލީ އިންޑިއާއަށް. ހާޓް އޮޕަރޭޝަން ކުރީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގަ. އެކޮޅުގަ އެއިރު ގާތްގަނޑަކަށް މަހެއްވަރު ހުންނަން ޖެހުން" ރިހޫ ކިޔައިދިނެވެ.

އެއޮޕަރޭޝަނަށްފަހު ނޮވެމްބަރ 31 ގަ އެނބުރި ރާއްޖެ އައިސް ޔޫންގެ އިކޯއެއް އަލުންހެދިއެވެ. އޭގެން އެއްވެސް މައްސަލައެއް އިތުރަށް ނެތްކަމަށް ނަތީޖާއިން ދެއްކި ކަމަށާއި އެއިރު އައި ހަމައެކަނި މައްސަލައަކީ ޔޫންގެ ބަރުދަން އިތުރުނުވުމާއި އެކަހަލަ މައްސަލަތަކެއް ކަމަށް ވެސް ރިހޫ ބުންޏެވެ.

                 

ނަމަވެސް އެއަށްފަހު މިމަހުގެ 17 ވަނަ ދުވަހު ދެވަނަ އިކޯއެއް (ފޮލޯއަޕް އެއް) ހެދިއިރު އަނެއްކާވެސް މައްސަލަތަކެއް ފެނިފައިވާކަމަށް ރިހޫ ބުންޏެވެ.

"އެއިކޯ ހެދިއިރު އެނގުނީ ބޭބީގެ ހިތުގެ އޮޕަރޭޝަން ކޮށްފަ ގުޅުވާފަ އިންނަ ނާރު މަޑުމަޑުން ބެދެމުން އަންނަ ކަމަށް (ނެރޯވާ ކަމަށް) އެހެންވީމަ ވާގޮތަކީ ލޭ ދައުރުވުން އިތުރުވެފަ ހިތުގަ ލޭގެ ޕްރެޝަރ ވެސް ހުންނަންޖެހޭ ވަރަށްވުރެ އިތުރުވަނީ. އެހެންވެ ހާލު ކްރިޓިކަލް ކަމަށް މިވަގުތު ދައްކަނީ. ކުޑަކުދިންގެ ޑޮކްޓަރ އަށް ދެއްކީމަ އެޑޮކްޓަރ ވެސް އިރުޝާދު ދީފި ވީހާވެސް އަވަހަށް ފުރަން." ޔޫންގެ މަންމަ ރިހޫ ކިޔައިދިނެވެ.

            

ޔޫންގެ ފަރުވާއަށް އިންޑިއާއަށް ފުރަން، އާސަންދަ ހޯދުމަށްޓަކައި ބޭނުންވާ ސިޓީ މާދަމާ ދޭނެ ކަމަށް ޑޮކްޓަރު ބުނެފައިވެއެވެ. އަވަހަށް ފުރަން ތައްޔާރުވަމުން އަންނައިރު، އާސަންދަ ހަމަޖެހުން ކަމުގައިވިޔަސް ބޭރުޤައުމަކަށް ގޮސް ހުރުމާއި ކެއުން ހަމަޖައްސަން ޖެހޭނީ އަމިއްލައަށް ކަމަށްވުމުން، ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއަކަށް އެދެމަފިރިން އެދެއެވެ.

ޔޫން އަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކުން ބީއެމްއެލް އެކައުންޓް ނަންބަރ 7715119600101 (ފާތުމަތު ރިހްލާ) އަށް ފައިސާ ޖަމާކޮށްދިނުން އެދެމެވެ.

އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 9929906 ނަންބަރު ފޯނާއި ގުޅުއްވާ މުއާމަލާތް ކުރުން އެދެމެވެ.

  

މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ. 

” އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ