އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޯޓަށް ހާޟިރުކުރުމަށް ދެ މީހަކު ހޯދަނީ

ކޯޓަށް ހާޟިރުކުރުމަށް ދެ މީހަކު ހޯދަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ސިވިލް ކޯޓަށް ހުށަހެޅިފައިވާ ދެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރުމަށްފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ  ދެ މީހުން ހޯދަން ފަށައިފިއެވެ.

ވަކި ވަކިން ކޮށްފައިވާ މި ދެ އަމުރާ ގުޅިގެން ހޯދަނީ ގދ. ގައްދޫ / ކޮޓިގެ، އިސްމާޢީލް ޝާކިރު (37އ) އާއި މާލެ / ދަފްތަރު ނަންބަރު 2264، އަޙްމަދު ރުޝްދީ (68އ) އެވެ.

އިސްމާޢީލް ޝާކިރު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން ކޮށްފައިވާ ކޯޓަށް ޙާޟިރުވުމުގެ އަމުރަށް އެ ކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2020 ފެބްރުއަރީ 25 ވަނަ ދުވަހުގެ 11:30 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އަޙްމަދު ރުޝްދީ ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން ކޮށްފައިވާ ކޯޓަށް ޙާޟިރުވުމުގެ އަމުރަށް އެ ކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2020 ފެބްރުއަރީ 26 ވަނަ ދުވަހުގެ 10:15 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މިދެމީހުންނާ ބެހޭ އެއްވެސް  މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ