އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސްޕްރިންގ ކޫލްގެ ބްލޫ ސްޓާރގެ އެހީތެރިކަމާއެކު ނަސްރުގެ 57 ވަނަ މެރަތަން 3 ގަޑިއިރުން ނިންމައިފި

ސްޕްރިންގ ކޫލްގެ ބްލޫ ސްޓާރގެ އެހީތެރިކަމާއެކު ނަސްރުގެ 57 ވަނަ މެރަތަން 3 ގަޑިއިރުން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ސްޕްރިންގ ކޫލްގެ ބްލޫ ސްޓާރގެ އެހީތެރިކަމާއެކު ނަސްރުގެ 57 ވަނަ މެރަތަން 3 ގަޑިއިރުން ނިންމައިފިއެވެ.

އިންޑިއާގެ ނިއުދިއްލީގައި މިއަދު ހެނދުނު އޮތް އައިޑީބީއައި ނިއު ދިއްލީ އިންޓަރނޭޝަނަލް މެރަތަންގައި ނަސްރު ރޭސް ނިންމާފައިވަނީ 03 ގަޑި 29 ސިކުންތުންނެވެ. މިއީ ނަސްރު މިއަހަރު ދުވި ދެވަނަ މެރަތަނެވެ.

އޭނާ މިއަހރު ދުވި ފުރަތަމަ މެރަތަން ދުބާއީގައި ދުވެ، 4 ގަޑިއިރަށްވުރެ އަވަހަށް ނިންމާފައިވަނީވެސް ސްޕރިންގ ކޫލްގެ ބްލޫ ސްޓާރގެ އެހީތެރިކަމާއެކުގައެވެ.

ރާއްޖޭގައި އެންމެ ގިނަ ފުލްމެރަތަން ދުވުމުގެ ރެކޯޑު އޮންނަ ނަސްރު މިހާތަނަށް ދުވެފައިވާ ގިނަ މެރަތަން ނިންމާފައިވަނީ 4 ގަޑިއިރަށްވުރެ އަވަހަށެވެ.

4 ގަޑިއިރަށްވުރެ އަވަހަށް އެންމެގިނަ މެރަތަން ނިންމާ ދުވުންތެރިއަކަށް މިސަރަހައްދުގެ ނުވަތަ ދުނިޔޭގެ ރެކޯޑެއް ހެދުމާއި އިންޖަރީއެއް ނުވެ، ކޮންމެ މެރަތަނެއްވެސް ރަނގަޅު ޓައިމިންގއެއްގައި ނިންމުމަކީ ނަސްރުގެ އަމާޒެކެވެ.

ނަސްރު މިހާތަނަށް ވަނީ ނިއުދިއްލީ މިދިޔަ އަހަރު ބޭއްވި މެރަތަންގައި އެއްވަނަ ހޯދާފައެވެ. އަދި އައްޑޫސިޓީގައި ޓީއެފްޖީ އިން ބޭއްވި މެރަތަންގެ އެއްވަނަ އާއި މޯލްޑިވްސް މެރަތަންގެ ދެވަނައާއި ޓީއެފްޖީން ހުޅުމާލޭގައި ބޭއްވި މެރަތަންގެ 3 ވަނަވެސް ނަސްރު ވަނީ ހޯދާފައެވެ.

މީގެ އިތުރުން ބެންގަލޫރު މެރަތަންގައި އުމުރުފުރާ ކެޓަގަރީން ގަދަ 10 ދުވުންތެރިންގެ ތެރޭގައި ހިމެނިފައިވާ އިރު، ނަސްރު ވަނީ އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކޮށްފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު