އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޤުފް ފަންޑަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމަކީ ﷲ ގެ ޙައްޤުފުޅަކަށް އަރައިގަތުން!: ޝަހީމް

ވަޤުފް ފަންޑަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމަކީ ﷲ ގެ ޙައްޤުފުޅަކަށް އަރައިގަތުން!: ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ރާއްޖޭގައި ވަޤްފްފަންޑް ޤާއިމުކޮށް އެފަންޑުން ޚަރަދުކޮށްގެން ކުރި ފުރަތަމަ ބިނާ، ދާރުލްއީމާންއަށް ދައްކަން ޖެހޭ ކުލި ނުދައްކައި ތިބުމަކީ މާތް ﷲ ގެ ޙައްޤުފުޅަކަށް އަރައިގަތުން ކަމަށް އެ އފަންޑް ޤާއިމުކުރައްވައި އެ ޢިމާރާތް ކުރެއްވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ބިޮދްކުރުމެއް ނެތި ސަރުކާރުން ކުޑަ ކުއްޔަކަށް ޢިމާރާތް ދިނުމުންވެސް 2 ކުންފުންޏަކުން ކުލީގެ ގޮތުގައި ވަޤްފް ފަންޑަށް ދައްކަންޖެހޭ ފައިސާގެ ބޮޑެތި އަދަދުތައް ނުދައްކައިވާކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުތަކުން ހާމަވުމުންނެވެ.

ވަޤްފް ފަންޑަށް އާމްދަނީ އިތުރުކުރަން ކުރާ ކަންކަމުގައި ބިޑްކޮށްގެން ގިނަ ފައިދާ ހޯދޭނެ ގޮތަށް އޮއްވައި ކުޑަ ކުއްޔަކަށް ދޫކުރިކަންވެސް އެއީ މިކަމުގައި މާތް ﷲ އަށް ވެފައިވާ ޚިޔާނާތެކެވެ.

ވަޤްފު ފަންޑަކީ ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ލިބިގެން ކުރިއަށް ގެންދެވޭނެ ފަންޑަކަށްވާއިރު އައިލަންޑް އެވިއޭޝަން ފަދަ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ވަޤުފް ފަންޑާއިމެދު ރައްޔިތުންގެ އަތުބާރު ގެއްލޭ ގޮތަށް ކަންކަން ކުރުމަކީ ރައްޔިތުންގެ ގިނަ ބައަކު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް