އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ އިން ސަލާމަތްކުރެއްވެވުން އެދި ޤުނޫތު ކިޔަމުން ދިވެހިން އިސްލާމް ދީނާ ދުކުރުކުރުވަން ސެމިނާ ބޭއްވީމާ ކުރެވޭ ކަންތައް ދިމާވޭތަ؟

ކޮރޯނާ އިން ސަލާމަތްކުރެއްވެވުން އެދި ޤުނޫތު ކިޔަމުން ދިވެހިން އިސްލާމް ދީނާ ދުކުރުކުރުވަން ސެމިނާ ބޭއްވީމާ ކުރެވޭ ކަންތައް ދިމާވޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ފެތުރެން ފެށީންސުރެ ރޭގަނޑުގެ 3 ނަމާދުގެ ޖަމާއަތްތަކުގައި ރާއްޖޭގައި ގެންދަނީ ޤުނޫތު ކިޔައި ބަލިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަމުންނެވެ. ބަލި ރާއްޖެއަށް ނުފޮނުއްވެވުން އެދި ދުޢާކުރަމުންނެވެ. ދިވެހި ރައްޔިތަކަށްވެސް އަދި ބިދޭސީއަކަށް ވެސް އެބަލި ނުޖެހުން އެދި އާއި އެންމެހައި ބޮޑެތި ބަލިތަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަމުންނެވެ.

ދުޢާކުރުން ފެށިތަނާހެން ފެނިގެންދިއައީ މުޅި އިސްލާމީ އުންމަތް ބަލައިގެންފައިވާ އިމާމް ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނެސް ދީނީ ދަރުސެއް ދޭން ޔޫތް މިނިސްޓްރީން މަސައްކަތްކުރުމުން އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް ހުރަސް އެޅުއްވިތަނެވެ. 

ހަމައެއާއިއެކު ދެން ފެނިގެން ދިއައީ ރާއްޖޭގެ ޤާނޫނުތަކާއިވެސް ޚިލާފަށް ބޭރުން ބައަކު ގެނެސް އެމީހުންލައްވައި ސެމިނާރތައް ބާއްވައި އިސްލާމް ދީނަށް ނުރައްކާތެރި މައުލޫމާތު ފެތުރިތަނެވެ. ސެމިނާރތަކުގެ ބައިވެރިން ކަންބޮޑުވުން ފައުޅުކުރަން ފެށިތަނެވެ. ސެމިނާރަތަކާއިބެހޭ ގޮތުން ދޮގު މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުލްޣަފޫރު ދިން ތަނެވެ. ދެން ޢާންމުވެގެން ދިއައީ ސެކިޔުލާރ ފިކުރުފަތުރައި އިސްލާމް ދީނާއި ދުރުކުރަން ރާއްޖޭގައި މަސައްކަތްކުރި މީހުންނާއި އެކު މަޖިލީހުގެ ރައީސް އިންނެވި ފޮޓޯތަކެވެ. 

ސުވާލަކީ ކޮރޯނާ ވައިރަސް އާއި އެނޫންވެސް ބަލިތަކުން ސަލާމަތްކުރެއްވެވުން އެދި ﷲ އަށް ދުޢާކުރަމުން ﷲ ގެ ދީނަށް ހުރަސްއަޅައި ރާއްޖޭގައި ސެކިޔުލާރ ފިކުރު ފަތުރައި ދިވެހި މުސްލިމުން އިސްލާމް ދީނުން ބޭރުކުރަން މަސައްކަތް ކުރަމުން ގެންދިއުމުން މި ދެ ކަންތައް ދިމާވޭހެއްޔެވެ؟ 

ޤުނޫތަކީ އެމީހަކު ކަންބޮޑުވާ ކަންކަން ހިމަނައިގެން ކުރާ ދުޢާއެކެވެ. އެހެންވެ މިސްކިތްތަކުގައި ޤުނޫތު ކިޔަނީވެސް ތަފާތު ޢިބާރާތުންނެވެ. ވީމާ މިއަދު ކޮންމެ ދިވެހި މުސްލިމަކުވެސް ޤުނޫތުގައިވެސް އަދި އެހެން ވަގުތުތަކުގައިވެސް ރާއްޖޭގައި ސެކިޔުލާރ ފިކުރު ފަތުރަން މިކުރާ މަސައްކަތްތަކާއި އިސްލާމް ދީނާއި ދިވެހިން ދުރުކުރުވަން ހިންގާ ޙަރަކާތްތަކުން ސަލާމްތަކޮށްދެއްވެވުން އެދި ދުޢާކުރަމުން ގެންދިއުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ. 

ދިވެހި ރާއްޖެ މުސްލިން ޤައުމެއްގެ ގޮތުގައި އަބަދަށް ލަހައްޓަވާށި! ދިވެހި ރައްޔިތުންނަކީ އިސްލާމް ދީނުގައި ސާބިތުވެ ތިބޭ ބައަކު ކަމުގައި ލައްވަވާށި! ދިވެހިން އިސްލާމް ދީނާއި ދުރުކުރަން ކުރެވޭ މަސައްކަތްތައް ކާމިޔާބު ވިއަ ނުދެއްވަވާށި! އާމީން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް