އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ވައިރަސް އާ ކުރިމަތިލުމުގެ ޤާބިލުކަން އެއްވެސް ބައަކަށް ލިބިފައެއް ނުވޭ! ޑރ. އިޔާޟް

ކޮރޯނާ ވައިރަސް އާ ކުރިމަތިލުމުގެ ޤާބިލުކަން އެއްވެސް ބައަކަށް ލިބިފައެއް ނުވޭ! ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

މުސްލިމުންނަކީ ޢަދާވާތްތެރިންނާއި ވެސް ކުރިމަތިލާން އެދެން ޖެހޭނެ ބައެއް ނޫނެވެ. ނަމަވެސް ކުރިމަތިލައިފިނަމަ ސާބިތުވާން ޖެހޭނެ ބައެކެވެ. އެކަން އެނގިގެންދަނީ މި ޙަދިޘްފުޅުންނެވެ.

ކުރިމަތިލާން ފޮޓޯ (ޙދީޘްފުޅުގެ)

ކަން މިހެން އޮތުމުން މިހާރު ދުނިޔެއަށް ފެތުރެމުން މިދާ ބިރުހުރި ކޮރޯނާ ވައިރަސް އާއިވެސް ކުރިމަތިލުމަށް ތައްޔާރަށް ތިބުމަކީ އުފާވެރިކަމެއްގެ ގޮތުގައި ދެކެގެން ނުވާނެއެވެ. އަދި އެފަދަ މޭރުމުން ބަސްތައް ބުނެގެންވެސް ނުވާނެއެވެ. ދުނިޔޭގެ ތާރީޚަށް ބެލި ނަމަވެސް ގަދަ ބަސް ބުނި އުންމަތްތަކާއި މީހުން ނިމިގެން ގޮސްފައިވަނީ ވަރަށް ނިކަމެތި ގޮތަކަށެވެ. އެހެން މީހުންނަށް، އަންނަން އޮތް ޖީލުތަކަށް ޢިބްރަތަކަށްވާނެ ގޮތަށެވެ.

ތައްޔާރީ ޙާލަތުގައި ތިބުމަކީ މުޅިން ތަފާތު ކަމެކެވެ. ކޮރޯނާ ވައިރަސް ނޫން ބައްޔެއް ވެސް ފެތުރިދާނެކަމަށް ބަލައި ފަރުވާކުރަން ތައްޔާރުވެގެން ތިބުމަކީ ކުރަން ޖެހޭ ކަމެކެވެ.

ޙަޤީޤަތަކީ ﷲ ފޮނުއްވަވާ އެއްވެސް ބަލިމަޑުކަމަކާއި އަދި މުޞީބާތަކާއިވެސް ކުރިމަތިނުލެވޭނެ ކަމެވެ. އެއީ ދުނިޔޭގެ އެއްވެސް ޤައުމަކަށް އަދި އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިބުނި ބަހުގެ ޙަޤީޤަތް އިސްވެ ދިއަ އުންމަތްތަކުގައި ކަންކަން ހިނގައިދިއަ ގޮތުން ވެސް ވަނީ ފެނިފައެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް