އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ވައިރަސް އާ ގުޅިގެން މަރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް!: ޑރ. އިޔާޟް

ކޮރޯނާ ވައިރަސް އާ ގުޅިގެން މަރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މުސްލިމުން ހިނަވާ ކަފުންކޮށް، އަދި އެމީހުންގެ މައްޗަށް ކަށު ނަމާދުކޮށް، އަދި ވަޅުލަންވެސް ވާނެއެވެ.

އެމީހަކު ހިނަވާ އަދި ފުރޮޅާ ހެދުމުގެ ސަބަބުން ހިނަވާ މީހުންނަށް (ޖަމާޢަތްތެރިންނަށް) ބަލި އަރާފާނެ ކަމުގެ ބިރު އޮތް ޙާލަތުގައި އެފަދަ ބަލިތަކުގެ މީހުންނަށް ފަރުވާ ކުރާ ޑރ އިން ލައިގެން ތިބޭ ކަހަލަ ހެދުމެއް ލެވިދާނެއެވެ.

މައްޔިތާގެ ޙާލަތު ހުރި ގޮތުން ނުހިނެވޭނެނަމަ، ހަށިގަނޑުގައި އަތް އުނގުޅާ އަދި ފުރޮޅާ ހެދުމުގެ ބަދަލުގައި އޭނާގެ ގަޔަށް ފެން އަޅާލުމުން ފުދޭނެއެވެ.

މިއިން އެއްވެސް ކަމެއް ކުރެވޭ ވަރަށް ވުރެ ޙާލަތު ގޯސްނަމަ، މައްޔިތާ ތަޔައްމުމް ކުރުވާނީއެވެ. ތަޔައްމުމްވެސް ކުރެވޭ ވަރު ނުވާނަމަ، އެއްވެސް ކަމެއް ނުކޮށް ވަޅުލާނީއެވެ.

ޖަނާޒާ ގައި ގިނަ ބަޔަކަށް ބައިވެރި ނުވެވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، މިފަދަ ޙާލަތުގައި ގަބޫލު ކުރަންވީ ކަމަކީ، ގިނަ ބަޔަކަށް ޖަނާޒާގައި ބައިވެރި ނުވެވުނީ މަގްބޫލު ޢުޛުރެއް އޮވެގެންކަން ﷲ ދެނެވޮޑިގެންވެއެވެ. އެހެންކަމުން މައްޔިތާ އަށް ހެޔޮ ދުޢާ ކޮށްދޭނީ އެވެ. ޖަނާޒާގައިވެސް މައްޔިތާ އަށް ހެޔޮ ދުޢާ ކޮށްދެނީއެވެ. ޖަނާޒާއިން ބޭރުގައިވެސް މައްޔިތާ އަށް ހެޔޮ ދުޢާކޮށްދޭށެވެ. އިންޝާﷲ އޭގެ ފައިދާ މައްޔިތާ އަށް ކުރާނެއެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް