އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު
ހެލްމެޓް އަޅަން އެންގީމާ ހެލްމެޓް އަޅައިގެން ނުކުމެ ކުރަންފެށީ ވައްކަމާ ފޭރުމާ މާމާރީ ހިންގުމުގެ އަމަލުތަކެވެ. ކޯރޯނާ ވައިރަސްގެ ބިރު އުފެދުމުން މޫނުގައި މާސްކް އަޅައިގެން ތިބެ މިކުރާ ކަމަކީ އޭޑީކޭ ހޮސްޕިޓަލުގައި ހުންނަ ސެނެޓައިޒަރ ފުޅިތައް ވަގަށް ނެގުމެވެ.
ސެނެޓައިޒަރަކީ ކޮރޯނާ ވައިރަސްއިން ވެސް އަދި އެހެން ބައްޔަކުންވެސް ސަލާމަތްކޮށްދެވޭނެ އެއްޗެއް ނޫނެވެ. އެއީ ހަމައެކަނި ހިފަހައްޓަން ޖެހޭ ސަބަބެކެވެ. ބަލި ޖެހޭނީ ﷲ ބލި ޖެއްސެވި މީހަކަށެވެ. ބަލި ޖައްސަވަނީ ﷲ ކަމަށްވާއިރު ވައްކަން ކުރުމަކީ ޙަރާމް ކަމެއް ކަމުގައި އަންގަވާފައިވަނީ ވެސް ހަމަ ﷲ އެވެ.
ވީއިރު ވަގަށް ނަގާ ސެނެޓައިޒަރފުޅިއަށް ތިމާ ބަލިން ސަލާމަތްކުރެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ ހަމަ ބޮޑު ސުމެއްގެ ވިސްނުމެކެވެ.
These hand sanitizer bottles in different areas of the hospital are for use of everyone who comes for services.
— ADK Hospital (@ADKHospital) March 21, 2020
As of late, a lot of the bottles are being stolen and some ripped off from walls.#PleaseStopThis pic.twitter.com/wLaYbGKWK1
Advertisement
21 މާޗް 2020