އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަހަރެމެންގެ އަޖަލު ވަނީ ލިޔުއްވެވިގެންނެވެ! މާޔޫސް ނުވެ ﷲ އަށް އިތުބާރުކުރާށެވެ!

އަހަރެމެންގެ އަޖަލު ވަނީ ލިޔުއްވެވިގެންނެވެ! މާޔޫސް ނުވެ ﷲ އަށް އިތުބާރުކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ތެދެކެވެ! ކޮންމެ ދުވަހަކު އެތައް ހާސް ބައަކު އެދަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ޖެހޭ ބަލީގައި މަރުވަމުންނެވެ. ވީމާ އެންމެންވެސް ކަންބޮޑުވާނެއެވެ! ތިމާމެންގެ ލޯމަތީގައި ކޮންމެ ދުވަހަކު އެތައް ހާސް ބައަކު މަރުވަމުންދާއިރު އަސަރު ވެސް ކުރާނެއެވެ. މާދަމާ އެބަލީގެ ޝިކާރައަކަށް ވެގެންދާނީ ތިމާކަމަސްވެދާނެތީ ބިރުވެސް ގަންނާނެއެވެ! 

ނަމަވެސް މިއާޔަތަށް ވިސްނައިލުމުން ހިތްވަރު އިތުރުވެގެންދާނެއެވެ! 

"ކޮންމެ އުއްމަތަކަށްމެ އަޖަލެއް ވެއެވެ. ފަހެ، އެއުރެންގެ އަޖަލު އައުމުން، އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް ލަހެއްނުކުރައްވާ ހުށްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުށްޓެވެ." (އަލްއައްރާފް: 34) 

ކޮރޯނާ ވައިރަސްއަކަށްވެސް އަދި އެހެން ބައްޔަކަށްވެސް ﷲ ތަޢާލާ އެމީހަކާއިމެދު ކަނޑައަޅުއްވަވާ އަޖަލު ހަމަވުމުގެ ކުރިން ކުރެވޭނެ ހަމައެއްވެސް ކަމެއް ނުއޮންނާނެއެވެ! އަދި އަޖަލު ހަމަވުމުން ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ދުނިޔޭގައި ބަހައްޓަންވެސް ކުރެވޭނެ ވެސް ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ. 

ވީމާ ބުއްދީގެ ބޭނުންކޮށް ތަޤްވާވެރިކަން އިތުރުކުރަން ކުރާ މަސައްކަތް އިތުރުކުރާށެވެ! އަޖަލުގެ މައްސަލަ ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް