އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރަށް ބޭނުންވި 1000 ކޮޓަރިން 392 ކޮޓަރި މިދިނީ އެއްވެސް އަގަކާ ނުލާ އިންސާނިއްޔަތަށްޓަކާ!: ޤާސިމް

ސަރުކާރަށް ބޭނުންވި 1000 ކޮޓަރިން 392 ކޮޓަރި މިދިނީ އެއްވެސް އަގަކާ ނުލާ އިންސާނިއްޔަތަށްޓަކާ!: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 38 ސިކުންތު

ކޮރޯނާ ވައިރަސް އާއި ގުޅިގެން މީހުން ކަރަންޓީނު ކުރަން ސަރުކާރުން ބޭނުންވި 392 ކޮޓަރި (3 ރިޒޯޓުގެ) ސަރުކާރަށް ދެއްވާފައިވާނީ އެއްވެސް އގަކާއި ނުލައި އިންސާނިއްޔަތަށްޓަކައި ކަމަށް ވިލާ ގްރޫޕުގެ ޗެއާމަން ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ވީޓީވީގެ މިރޭގެ 8 ގެ ޚަބަރުގެ ތެރެއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ ރިޒޯޓުތައް ދެއްވީ ރިޒޯޓުތަކުގައި ހުރި ވަސީލަތްތަކާއި ކެއިންބުއިމުގެ ސްޓޮކާއި އަދި ތެލާއިވެސް އެކުގައި ކަމަށެވެ. ނަމަވެސް ސްޓޮކް ހުސްވުމުން އިތުރަށް ގަނެދެވޭނެ އެއްވެސް ގޮތެއް މިވަގުތު ކުންފުންޏަށް ނެތުމުން ސަރުކާރުން ކެއުމުގެ ސާމާނާއި ތެޔޮ ގަތުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. 

"ސަރުކާރުން ހުށަހެޅުއްވި ކޮޓަރިއަކަށް ދުވާލަކު 750 ރުފިޔާ ދޭން. ނަމަވެސް އަޅުގަނޑު އެއްވެސް އަގެއް ބޫނުމެއް ނޫން. މިކަން މިކޮށްދިނީ ޤައުމަށްޓަކައި. އިންސާނިއްޔަތަށްޓަކައި." 

ޤާސިމް އިބްރާހީމް ވިދާޅުވީ ސަރުކާރަށް ދެއްވި މުއްދަތުގައި މުވައްޒިފުންގެ މުސާރަވެސް ދެއްވަވާނީ ކުންފުނިން ކަމަށެވެ. އަދި އެއްޗެތި ދޮވުމުގެ ޚިދުމަތާއި ފެން ވެސް ދެއްވާނީ އެއްވެސް އަގެއް ނެތި ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ސިޔާސީ ބޮޑު ކުޅިގަނޑަކަށް މިކަން ހަދައިގެން އުޅުމަކީ ވަރަށް ދެރަވަރުކޮށް ހިންގާ ކަމެއް ކަމަށާއި އަދި ހިތާމައަކީ މިދަނޑިވަޅުގައި ވެސް އެކި ބާވަތުގެ ވިސްނުން ހުރި މީހުން ދިވެހިންގެ ތެރޭގައި އުޅެ ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކުރާތީ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ޤައުމަށް ކުރިމަތިވާ މިފަދަ ކޮންމެ ކަމެއްގައި މީގެ ކުރިންވެސް ވާނީ ރައްޔިތުންނަށްޓަކައި ކޮށްދެއްވެން ހުރި ހުރިހާ ކަމެއްވެސް ކޮށްދެއްވާފައި ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ މަހަކު 10000 ރުފިޔާއިން ދަށުން މުސާރަ ލިބޭ މުވބައްޒިފުންގެ މުސާރަ އުނި ނުކުރައްވާނެ ކަމަށާއި ނަމަވެސް އެއަސްވުރެ މަތިން މުސާރަ ލިބޭ މީހުންގެ މުސާރަތަކަށް ބަދަލުގެންނަން ކުންފުންނަސް މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މުސާރަކުޑަކޮށްފައިވެސް މުވައްޒިފުން ދޫކޮށް ނުލައްވައި ގެންގުޅުއްވަން ނިންމެވީ 6 މަސް 9 މަހަށް ނޯޕޭ ލީވްގައި ފޮނުވައިލުމުން ލިބޭނެ ގެއްލުން ބޮޑުވާނެތީ ކަމަށެވެ. 

"މަޖިލީހުންވަނީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެން ކަމަށް ބުނެ މުސާރަކުޑަކޮށްފައި. ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ އެންމެ ބޮޑެތި ކުންފުނިތަކުންވެސް ގެންދަނީ މިފަދަ ފިޔަވަޅުތައް އަޅަމުން. ސިޔާސީ ގޮތުން ސިޔާސީ ބޭނުންތަކަށްޓަކައި ކޮޅުކޮޅަށް ދެމި ނަމަވެސް ހުރިއެއްޗެއް ނޫންތޯ ދެވޭނީ. ސަރުކާރުްނ ދެއްވަން ވިދާޅުވި ލޯނުވެސް އަދި ނުލިބޭ. ބޭންކްތަކުން ވެސް މިއުޅެނީ ލޯނެއް ހަމަނުޖެހިގެން. އެއްވެސް ގޮތަކުން ފައިސާ ހަމަޖެހިއްޖެ ނަމަ މުވައްޒިފުންގެ މުސާރައަށް ގެންނަން ނިންމާފައިވާ ބަދަލުވެސް މުރާޖަޢާކުރާނަން." 

ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ސަރުކާރުން ވެސް ވަނީ ސިޔާސީ މީހުންގެ މުސާރައިން 20 އިންސައްތަ އުނިކޮށްފައެވެ. 

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ އާއި ގުޅިގެންވެސް އަމިއްލަ ފަރާތަކުން އެންމެ ބޮޑު ހޭދައެއް ހިލޭސާބަހަށް ކޮށްދެއްވާފައިވަނީ ވެސް ޤާސިމް އިބްރާހީމް އެވެ. 

ވިލާ ގްރޫޕުން މިހާރުވަނީ ކަރަންޓީނުކުރަން ޖެހޭ މީހުން ބެއިތިއްބުމަށްޓަކައި އެ ގްރޫޕުގެ 3 ރިސޯޓުކަމަށްވާ ފަން އައިލަންޑާއި ރޯޔަލް އައިލަންޑް އަދި ހޮލިޑޭ އައިލަންޑް ސަރުކާރަށް ދީފައެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް