އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިހާލަތުން އަރައިގްނެވޭނީ އިސްލާމް ދީން މަތިވެރިކުރަން ސާބިތުކަމާއެކު ކުރިމަތިލައި އެންމެން މަސައްކަތް ކޮށްގެން!

މިހާލަތުން އަރައިގްނެވޭނީ އިސްލާމް ދީން މަތިވެރިކުރަން ސާބިތުކަމާއެކު ކުރިމަތިލައި އެންމެން މަސައްކަތް ކޮށްގެން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

"މިއަދު އެންމެހާ މީސްތަކުން ވިސްނަންވީ ދުނިޔެއަކީ ވަގުތީ ތަނެއްކަމެވެ. އެންމެހާ ނުބައިހާ ކަންކަމުން ދުރުހެލިވާންވީއެވެ. ނަމާދު ގާއިމުކޮއް ނުބައި ނުލަފާ މީހުންގެ ކިބައިން ދުރުހެލިވާންވީއެވެ. 

ތިމާއަށްލިބޭ ފައިދާގެ ބަދަލުގަ ހައްގުގެ މަގު އިހުތިޔާރު ކުރަންވީއެވެ. މުސްލިމުން  އަނެއްމުސްލިމުންގެ ދިފާއުގަ ތެދުވަންވީ އެއްވެސް ޝަރުތެއްނެތިއެވެ. ބައިތުލްމަގްދިސް ގުދުސް ފަލަސްތީނާއި ހަވާލުކޮށް ލާދީނީ ޒަޔަނިސްޓުން އެތަނުން ފޭބުމަށް  ދިވެހި ރާއްޖެ ހިމެނޭ ގޮތަށް ސައޫދީ ސަރުކާރުން ބާރު އަޅަންވީ އެވެ. އިންޑިއާގެ މުސްލިމުންގެ ރައްވެހިކަން މުސްލިމުންނަށް ގެއްލޭ އިސްލާހު ބާތިލު ކުރަންވީއެވެ. ޗައިނާގެ މުސްލިމުންނަށް  އަނިޔާ ކުރާނަމަ ހުރިހާ މުސްލިމު ގައުމު ތަކުން އެފަދަ މީހުނަށް އަނިޔާކުރާ ލާދީނީ ވެރިންނަށް ގުރުއާނުން ދަލީލު ދައްކައި އެފަދަ އަނިޔާ ހުއްޓުވައި ލިބެންހުރި އަޒާބު ކިޔައި ދެއްވަންވީއެވެ. 

ޗެޗްނިޔާގެ މުސްލިމުންނާ މިޔަންމާގެ ވެރިންނާ ލަންކާގެ ވެރިންނަށްވެސް މިބުނި މަގުން މަގުދައްކަންވީއެވެ. ގުރުއާނަށް ކަމޭހިތުމަށާއި މުސްލިމުންނަކީ ދުނިޔޭގަ ތިބި ހަމައެކަނި މާތް އިންސާނުން ކަމުގައި އޮޅުން ފިލުވަދޭންވީއެވެ. އެހެން ނޫންނަމަ މިފަދަ ކޯފާ އަބަދުވެސް އައިސް އައިސް ހުންނާނެ ކަމަށް ބުނެދެއްވަންވީއެވެ. 

މިފަދަ ކޯފާ އެއްއިންސާނުންނަށް ނޭނގި ތިއްބައި ޖައްސުވަނީ އިމްތިހާނު ކުރެއްވުމަށެވެ.   މިރާއްޖޭގައި ވެސް ލާދީނީ ވެރިންތަކެއް މިވަނީ އުފެދިފައެވެ. މިކަމުން ރައްޔިތުން ސަލާމަތްވާންވީއެވެ. 

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއް ކަމަށްވާ ކ.މާފުށީގައި ރޮދިޖަނގިޔާ ލައިގެން އުޅުނު ކާފަރަށް ސަނާކިޔާ ޚާއިނުން ގެ ކިބައިން ދިވެހިން ސަލާމަތް ވާންވީއެވެ. ދީނަށް ފުރައްސާރަކުރި ޝަހިންދާ އާއި އޭނާގެ ބައިވެރިންގެ ކިބައިން ސަލާމަތްވާންވީއެވެ. އިސްލާމް ދީނުގައި ޙަރާމް ކުރައްވަވާފައިވާ ކަންކަން ފައުޅުގައި ކުރަމުން ގެންދާ އަދި އެފަދަ ކަންކަން ކުރަން ހިތްވަރުދޭ މީހުންގެ ކިބައިން ސަލާމަތްވާންވީއެވެ. 

--މިއީ މިއަދުނޫހުގެ ކިޔުންތެރިއެއްގެ ޝުޢޫރުތައް އަސްލެއް ކަމަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. ކިޔުންތެރިންގެ ބިނާކުރަނިވި ޚިޔާލުތައް 7788020 އަށް ވައިބަރ ކޮށްލަ ދެއްވި ނަމަވެސް މިއަދުނޫހުގެ ވިސްނުމާ އެއްގޮތް ޚިޔާލުތަކަށް މަރުޙަބާ ކިޔާނަމެވެ! އިން ޝާ ﷲ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު