އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދަނީ ބޮޑެތި އިންޤިލާބީ ބަދަލުތަކަކާ ދިމާއަށް! ކޮރޯނާގެ ޙާލަތުގަ ދުނިޔެ ލީޑްކުރާނެ ބައަކު ނުފެނުނު!: ޑރ. ޝަހީމް

މިދަނީ ބޮޑެތި އިންޤިލާބީ ބަދަލުތަކަކާ ދިމާއަށް! ކޮރޯނާގެ ޙާލަތުގަ ދުނިޔެ ލީޑްކުރާނެ ބައަކު ނުފެނުނު!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ކޮވިޑް 19 ފާޅުވުމުގެ ކުރިން ދުނިޔޭގެ ނިޒާމު އޮތް ގޮތައް ކޮވިޑްގެ 19 ގެ ފަހުން ދުނިޔޭގެ ނިޒާމު އޮވެދާނެކަމަށް ނުބެލެވެއެވެ.

ދުނިޔެ ހިންގުމުގެ ނިޒާމުގެ ތެރެއަށް އިޖުތިމާޢީ، ޞިއްޙީ، އިޤުތިޞާދީ، ސިޔާސީ، އިދާރީ، ޓެކްނޮޮލޮޖީ ފަދަ މި ދެންނެވި ދާއިރާތަކަށް ވަރަށް ބޮޑެތި އިންޤިލާބީ ބަދަލުތަކެއް ބައިނަލްއަޤުޥާމީ ފެންވަރުގައި އަތުވެދާނެކަމަށް ބެލެވެއެވެ.

ޚުދު ޔޫއެންގެ ސިޔާސަތުތަކާއި ހިނގުމުގެ ވައްޓަފާޅިއަށްވެސް ބަދަލުތަކެއް އަތުވެދާނެކަމަށް ބެލެވެއެވެ. ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ހެދި އެއްބަސްވުންތަކާއެކު 100 އަހަރަށް ފަހު، މިވަގުތުން ފެށިގެން ދުނިޔެ އެގޮތައް ކުރިއަށް ދާން ދަތިވާނެކަމަށް ބެލެވެއެވެ.

ޞިއްޙީ ވަބާ ކުރިމަތިވި އިރު، އިންސާނިއްޔަތަށް އެހީތެރިވުމަށް ލީޑްކުރާނެ ފަރާތެއް ނުފެނުނެވެ. ފެނުނީ ޗައިނާއެވެ. އެންމެ ބޮޑު ސުވާލަކީ ކޮރޯނާ އަށް ފަހު ދުނިޔެއަށް ވެރިކަން ކުރާނީ ޗައިނާތޯ ނުވަތަ އެމެރިކާތޯއެވެ.؟

ކޮރޯނާ އަށް ފަހު، ދުނިޔޭގެ މާލީ ނިޒާމުގެ ތެރެއަށް އަތުވެދާނެކަމަށް ބުނެވޭ ބަދަލުތަކުގެ ތެރޭގައި ކަރުދާހުގެ ފައިސާ ނޫޓު ބޭނުން ކުރުން ހުއްޓާލަފާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ. އެއީ ބަލި ފެތުރެން މަގު ފަހިވާ އެއްޗަކަށްވާތީކަމުގައި ބުނެވެއެވެ. ކަރުދާހުގެ ބަދަލުގައި އެހެން ގޮތެއް ހޯދާނެކަމަށް ބެލެވެއެވެ.

ކޮންމެ ޤައުމަކުން ވެސް މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ ވައިރަސްގެ ކްރައިސިސް މެނޭޖްކުރުމަށެވެ. ހަމަ އެއާއެކު ވައިރަސްގެ މަރުޙަލާގެ ފަހަށް އިޤުތިޞާދު މެނޭޖްކުރަން ތައްޔާރު ވުމަކީ އެންމެ މުހިންމު ކަމެވެ. ދައުލަތް ދެމި އޮތުމާއި ރައްޔިތުން ދިރި ތިބުމާ ގުޅިފައިވަނީ އިޤުތިޞާދެވެ.

ޞިއްޙީ ވަބާއަށް ފަހު، ބަނޑުހައި ހޫނުކަމާއި ތަދުމަޑުކަމުގެ ވަބާއެއް ނާންނާނީ މިހާރުން ފެށިގެން ވިސްނައިގެން ފިޔަވަޅު އެޅީމައެވެ. ބުނަން އޮތް ބަހަކީ "އިސްރާފު ނުކުރާށެވެ. އިސްރާފު ނުކުރާށެވެ. އިސްރާފު ނުކުރާށެވެ."

ޤައުމެއް ވިޔަސް ޖަމާޢަތެއްވިޔަސް ފަރުދެއް ވިޔަސް އަތުގައިވާ އެއްޗަކުން ކޮންމެހެން ބޭނުންކުރަން ލާޒިމު މިންވަރެއް ނޫނީ ބޭނުން ނުކޮށް ރައްކާކުރާށެވެ. މިވަގުތުން ވަގުތަށް ވެސް ހިލޭ އެހީއާއި ލޯނުގެ ގޮތުގައި ޟަޜޫރީ ގޮތުގައި މެނުވީ ބޭނުން ނުކުރާށެވެ. އެއްވެސް ޤައުމެއްގައި އަނެއް ޤައުމަށް މާ ބޮޑު އެހީތެރިކަމެއް ދޭވޭނެ ޤާބިލްކަމެއް މިއަދު ނެތެވެ. މި ކާރިސާގެ ނަތީޖާ އަންނާނެ ގޮތެއް އަދި ނޭގެއެވެ. ކޮންމެ ބައަކަށްވެސް އޮތީ އެބައަކު ކުރި ކަމެއްގެ ނަތީޖާއެވެ.

--ޑރ، މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް