އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ ވަނީ އެކަލާނގެ އިޙުސާންތެރިކަމުގެ ދަށުގައެވެ. މި ނިޢުމަތް ދަމަހައްޓަވާތޯ ﷲ އަށް ދުޢާކުރާށެވެ!: ޑރ. ޝަހީމް

ރާއްޖެ ވަނީ އެކަލާނގެ އިޙުސާންތެރިކަމުގެ ދަށުގައެވެ. މި ނިޢުމަތް ދަމަހައްޓަވާތޯ ﷲ އަށް ދުޢާކުރާށެވެ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް މިއަދަށް ޚާއްޞަ ކުރައްވައިގެން ލިޔުއްވާފައި ލިޔުމެކެވެ. ފަހުން ނަމަވެސް މި ޝާއިޢުކުރަނީ އަދިވެސް ހުކުރު ދުވަސްތައް ބައްދަލުކުރާނެތީއެވެ. 

ޑރ. ޝަހީމްގެ އިލްތިމާސް!:  

"ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ކޯވިޑް 19 އާގުޅިގެން އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ހާސް ރައްޔިތުން ބަލި ޖެހެމުންދާއިރު، ﷲ ގެ އޯގާވަންތަކަމުން އަޅުގަނޑުމެންގެ ރާއްޖެ ވަނީ އެކަލާނގެ އިޙުސާންތެރިކަމުގެ ދަށުގައެވެ. އެއީ އެކަލާނގެ ފަޟުލުވަންތަކަމެވެ. ޙަމްދު ހުއްޓެވެ. މި ނިޢުމަތް ދަމަހައްޓަވާތޯ ﷲ އަށް ދުޢާކުރާށެވެ. 

ވައިރަސްގެ ވަބާގެ ސަބަބުބް 3 ޙަރަމްފުޅުވަނީ ޢާމުންނަށް ބަންދުވެފައެވެ. ގިނަ ޤައުމުތަކެއްގައި ހުކުރު ނަމާދުވެސް ޤާއިމު ނުކުރެވެއެެވެ.. މިސްކިތްތައްވަނީ ބަންދުވެފައެވެ. ދަރިވަރުންގެ ތަޢުލީމު ވަނީ ހުއްޓިފައެެވެ. އިޤުތިޞާދީ ޙަރަކާތްތައް ވަނީ މަޑުޖެހިފައެވެ. ދުނިޔޭގެ ނިޒާމަށް ދަނީ ލޮޅުން އަރަމުންނެވެ. މުޞީބާތް ފިއްލަވާތޯ ﷲ ގެ ޙަޟުރަތަށް އިބުތިހާލުވެ އަތްތައް އުފުލަންޖެހެއެވެ.

ހުކުރު ދުވަހުގެ ޢަޞްރު ނަމާދު ފަހުން މަޣުރިބާ ދެމެދު އެއީ ދުޢާތައް އިޖާބަ ކުރައްވާ މާތް ވަގުތެކެވެ. އެވަގުތު ރާއްޖޭގެ އެންމެހާ ރައްޔިތުން ހުރިހާ ރަށެއްގައި ގޭގައި ތިބެ ޤުރާން ކިޔަވައި މަޣުރިބު ވަންދެން، ކީރިތި ރަސޫލާ صلى الله عليه وسلمގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކޮށް ﷲ އަށް ޒިކުރުކޮށް މި މުޞީބާތް ދުނިޔެއިން ފިލަވާތޯ ދުޢާ ދަންނަވަމާ ހިންގަވާށެވެ. 

ދިވެހިންގެ ތެރޭގައި ވަރަށް ހެޔޮ ލަފާ މީހުން އުޅެއެވެ. 800 އަހަރުވަންދެން، ﷲ އެއްކައުވަންތަކަން މަތީ ދެމިތިބި އެއްވެސް ބާރެއްނެތް މި ނިޔަނެތި މާތް ރައްޔިތުންގެ ދުޢާތައް ﷲ ގެ ޙަޟުރަތަށް އުފުލޭނެއެވެ. އިސްލާމީ އުންމަތާއި އިންސާނިއްޔަތައްޓައި ދުޢާކުރާށެވެ. އެކަލާނގެއީ އިޙުސާންތެރިންނާ އެންމެ ގާތުގައިވާ ފަރާތެވެ. ދުޢާ އިޖާބަ ކުރައްވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް