އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަނޑިއަލުވި ދަނޑި ބުރިއެއް ބިމަށް ޖަހާނުލި ވެރިކަންތަކުން މިއަދު ބުނާނީ ކީކޭ؟

ދަނޑިއަލުވި ދަނޑި ބުރިއެއް ބިމަށް ޖަހާނުލި ވެރިކަންތަކުން މިއަދު ބުނާނީ ކީކޭ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

ފެހި ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ވެރިކަން ހިންގަން ފެށުމާއިއެކު ދަނޑުވެރިކަމާއިބެހޭ ފުރަތަމަ ވަޒީރަކީ ޑރ. ޑީޑީ އެވެ. 

"މަނިކުފާނުއެވެ. ތިއަ ވިދާޅުވާ ދަނޑުވެރިކަމުގެ ބިޔަ ބޮޑެތި މަޝްރޫޢުތައް ހިންގަވަމުންވެސް ބިމަށް ދަނޑިއަލުވި ދަނޑިބުރިއެއް ޖަހައިލެވިދާނެ ނޫންތޯއެވެ؟ އެއީ ފެންދޭކަށް ބޭސް ދޭކަށްވެސް ޖެހޭ އެއްޗެއް ނޫނެވެ! ރާއްޖޭގެ އޮޅު އަލަ ދަނޑުތަކާ ކައްޓަލަ ދަނޑުތައް ހަލާކުވެގެންދަނީއެވެ. ކާނެ ކަނޑުލެއްވެސް ނެތެވެ. ބަބުކެޔޮ ގަހެއްވެސް ނެތެވެ. ތަދުމަޑުކަމެއް ކުރިމަތިވާނީ ބުނެފައެއް ނޫނެވެ." 

މިއީ ޑރ. ޑީޑީގެ ފަހަތުން ހިނގަމުން ކުރި އާދޭހެވެ! މިމޭރުމުން އާދޭސް ނުކުރާ ވެރިކަމެއް 2008 ގެ ފަހުން ރާއްޖޭގައި ވެރިކަމެއް ނުކުރެއެވެ. ކޮންމެ ވެރިކަމެއްގައިވެސް ބިޔަ ބޮޑެތި މަޗްރޫޢުތަކުގެ ހުވަފެނެވެ! ކުރެވުނު ކަމެއް އެނގޭނީ ވެރިކަން ކުރި ބައަކަށެވެ! 

މިއާދޭސްކުރީ އެއިރު އުމުރުން 10، 12 އަހަރު ނަމަވެސް 1970ގެ ބޮޑު ތަދު އިޙްޞާޞްކުރީތީ އެހަނދާންތައް ހުރުމުންނެވެ. 

1970ގެ އަހަރުތަކުގައި ރާއްޖެއަށް ކުރިމަތިވި ބޮޑު ތަދުގައި ހައްދުންމަތި މާމެންދޫގެ ރައްޔިތުން ބަނޑަށް ނުޖެހުނީ ހިތަދޫގައި ކައްޓަލަ ހުރުމުންނެވެ. އިސްދޫންވެސް ކައްޓަލަ ލިބުނީތީއެވެ. ކުދިކުދި ރިޔަލު ދޯނީގައި ކައްޓަލަ ހޯދަން ބައްޕަ އިސްދޫއަށް ކުރެއްވި ދަތުރުތައް ހަނދާން ހުރީތީއެވެ! 

ރަށްތައް ޑިޒައިންކުރެވިއްޖެއެވެ. ތަރައްޤީ ކުރެވިއްޖެއެވެ. އިލްޔާސް އިބްރާހީމް އެޓޯލްސް މިނިސްޓަރަކަށް ހުންނަވައިގެން ށ. މިލަންދޫގައި އިންދަވާފައި ހުރި ބަބުކެޔޮ ގަސްތައް ފިޔަވައި ސަރުކާރުން ކުރީ ކޮންކަމެއްތޯއެވެ؟ 

އެއީ މާޒީއެވެ! އިއްޔެ އަކީ ވެސް މާޒީއެވެ! މިއަދުވެސް ބަލަންވީ އަވަސް ގޮތަކުން ކާނެ އެއްޗެއް ލިބިދާނެހެން ހީވާ ޒާތުގެ ގަހެއް އިންދޭތޯއެވެ! ފަޅޯ ގަހެއް ނަމަވެސްމެއެވެ! އިންދުނު ގަހެއްގެ ފައިދާ ކޮންމެވެސް ބައަކަށް ކުރާނެއެވެ! 

މިކަންކަން ފާހަގަކޮށް މީގެ ކުރިންވެސް ލިޔެވުނު ލިޔުންތައް ވިޑާޅުވި ކިޔުންތެރިންނަށް މިއީ އައު އިލްތިމާސްއަކަށް ނުވާނެއެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް