އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދީގަ އަދިވެސް ކޮރޯނާ ދަނީ އިތުރުވަމުން!

ސައުދީގަ އަދިވެސް ކޮރޯނާ ދަނީ އިތުރުވަމުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

ސައުދިޢަރަބިޔާގައި ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު އަދިވެސް އަންނަނީ އިތުރުވަމުންނެވެ. ހޯމަ ދުވަހު ވަނީ އިތުރު 154 މީހަކު ޕޮޒިޓިވްވެފައެވެ. ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1453 އަށް އަރައިފައެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދަކީ 115 އެވެ. 

މެދުއިރުމައްޗަށް ބަލާއިއރު ޤަތަރުގައި ޕޮޒިޓިވްވެފައިވަނީ 693 މީހުންނެވެ. މަރުވީ އެންމެ މީހެކެވެ. މިޞުރުގައި ޕޮޒިޓިވްވެފައިވަނީ 656 މީހުންނެވެ. މަރުވީ 41 މީހުންނެވެ. ޔޫއޭއީގައި ޕޮޒިޓިވްވެފައިވަނީ 611 މީހުންނެވެ. މަރުވީ 5 މީހުންނެވެ. އިރާޤްގައި 630 މީހުން ޕޮޒިޓިވްވެފައިވާއިރު މަރުވީ 46 މީހުންނެވެ. ކުވައިތުގައި 289 މީހުން ޕޮޒިޓިވްވެފައިވާއިރު އަދި އެއްވެސް މީހަކު މަރުވި ކަމަކަށް ނުދައްކައެވެ. 

ޢަރަބިކަރައިގެ މުސްލިމް ޤައުމުތަކުގެ ހިސާބުތަކަށް ބަލާއިރު އީރާނު ފިޔަވައި ކޮރޯނާގެ ޙާލަތު މިވަގުތު އެންމެ ގޯހީ ސައުދިޢަރަބިޔާގައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް