އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަސްޓަމުން ނައްތާލަން ނެރުނު ތަކެތިން ބައިކިލޯ ޑްރަގް ފެނިއްޖެ!

ކަސްޓަމުން ނައްތާލަން ނެރުނު ތަކެތިން ބައިކިލޯ ޑްރަގް ފެނިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 41 ސިކުންތު

ކަސްޓަމުން ނައްތާލަން ނެރުނު ތަކެތިން ބައިކިލޯ ޑްރަގް ފެނިއްޖެއެވެ.

މިކަމާގުޅިގެން ކަސްޓަމުން ބުނެފައިވަނީ ވައިގެ މަގުން ރާއްޖެއަށް އެތެރެ ކޮށްފައިވާ މުދަލުގެ ތެރެއިން ވެރިފަރާތުން ހަވާލު ނުވެ ގިނަ ދުވަސްވުމުން ނައްތާލަން ނިންމި ޕެކޭޖަކުން މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި މިތަކެތި ފެނިފައި މި މަހުގެ 3 ވަނަ ދުވަހު ކާގޯ ގުދަނުން މުދާތައް ނެރުމުން ކަމަށެވެ.

މިތަކެތި ތަހުލީލު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިހަށް ޕޮޒިޓިވް ވެފައިވާއިރު މިތަކެތީގެ ބަރުދަނުގައި ޕެކިން އާއެކު 542 ގްރާމް ހުރި ކަމަށް ކަސްޓަމުން ބުނެފައިވެއެވެ.

މިތަކެތީގެ މަގުމަތީ އަގު 4 ލައްކަ އަށްވުރެ މަތިވާނެކަމަށް ވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު