އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ އަށް ބިރުން އިނގިރޭސިވިލާތުގެ 3 ލައްކައަށްވުރެ ގިނަ މީހުން ސިނގިރޭޓު ބުއިން ހުއްޓާލައިފި!

ކޮރޯނާ އަށް ބިރުން އިނގިރޭސިވިލާތުގެ 3 ލައްކައަށްވުރެ ގިނަ މީހުން ސިނގިރޭޓު ބުއިން ހުއްޓާލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

މުޅި ދުނިޔެއަށް އަސަރުކޮށްފައިވާ ކޯވިޑް-19 އަށް ބިރުން އިނގިރޭސިވިލާތުގެ ތިން ލައްކަ އަަށްވުރެ ގިނަ މީހުން ސިނގިރޭޓު ބުއިން ހުއްޓާލައިފި ކަމަށް ސާރވޭ އަކުން ދައްކައިފިއެވެ.

އެޤައުމުގެ ތިން ލައްކަ މީހުން ސިނގިރޭޓު ބުއިން ހުއްޓާލާފައިވާއިރު ފަސް ލައްކައަށް ވުރެ ގިނަ މީހުން ސިނގިރޭޓު ބުއިން ހުއްޓާލަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސާރވޭއިން ދައްކާފައިވެއެވެ. އަދި 2.4 މިލިއަން މީހުން ސިނގިރޭޓު ބޯ އަދަދު މަދު ކޮށްފައިވާ ކަމަށް ވެސް ހާމަވެފައިވެއެވެ.

ގިނަ އަދަދެއްގެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައި، މަދުކޮށްފައިމިވަނީ، އެކަން ކުރާ މީހުންނަށް މިބަލި ޖެހުން ގާތް ކަމަށާއި ބަލީގައި ވާނެވަރު ބޮޑުވާނެ ކަމަށް ސިއްޙީ މާހިރުން ބުނަމުން ދިޔުމާއި ގުޅިގެންނެވެ.

އިނގިރޭސިވިލާތުން އެފަދަ ފައިދާހުރި ކަމެއް ކުރުމުން ދުނިޔޭގެ ގިނަ ސިއްޙަތު ޖަމިއްޔާތަކާއި ދުންފަތު އިސްތިއުމާލު ކުރުމާއި ދެކޮޅު ޖަމިއްޔާތަކުން ވެސް ވަނީ އެޤައުމަށް ތައުރީފު ކޮށްފައެވެ.

ލަންޑަންގެ އިމްޕީރިއަލް ހޮސްޕިޓަލުގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެެއް ކަމުގައިވާ ޑރ. ނިކް ހޮޕްކިންސަން ވެސް ބުނެފައިވަނީ "ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެ، އެކިއެކި ޖަރާސީމް ހަށިގަނޑުގެ ތެރެއިން ނައްތާލުމަށް ވެސް ދަތިތަކަކާއި ކުރިމަތިވާނެ" ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް