އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަރަންޓް ކަނޑާނެކަމުގެ އިންޒާރު ސްޓެލްކޯއިން ދިނުމުން މީހުން ހަދިޔާކޮށްފަހުރި ކާއެތިކޮޅު ވިއްކައި ބިލްދައްކަން ފަށައިފި

ކަރަންޓް ކަނޑާނެކަމުގެ އިންޒާރު ސްޓެލްކޯއިން ދިނުމުން މީހުން ހަދިޔާކޮށްފަހުރި ކާއެތިކޮޅު ވިއްކައި ބިލްދައްކަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ކަރންޓް ބިލް ނުދެއްކި އޮތް މީހަކަށް މިއަދު އޭނާގެ ބިލް ނުދައްކައިފިނަމަ ކަރަންޓް ކަނޑާލާނެ ކަމުގެ އިންޒާރު ދިނުމުން ހެޔޮއެދޭ މީހުން ރަމަޟާން މަހަށް ހަދިޔާކޮށްފައި ހުރި ކާތަކެތި ވިއްކައި ބިލް އަދާކުރަން ފަށައިފިއެވެ. 

"ފޯނަށް އައި މެސެޖަކު ނެތް ބިލް ދެއްކެން ނެތް ނަމަ ގުޅާނެ ނަމްބަރެއް، އޮތީ ބިލްދައްކަން ވަންނަންވީ އެޕް. އެޕަށް ވަންނަ ނަމަވެސް ދެއްކޭނީ އެންމެ ކުޑަމިނުން އެކައުންޓެއްވެސް އޮވެގެންތާ. އަޅުގަނޑުގެ ނޯވޭ ބޭންއެކައުންޓެއްވެސް. އަތަކު ނެތް ފައިސާއެއްވެސް. 

ކޮންމެ ގޮތެއްވީނަމަވެސް ރަމަޟާން މަސް! ނުކައި ފެންބޮއިގެންވެސް ކުދިންކޮޅު ގޮވައިގެން ތިބެވޭނީ ކަރަންޓް ހުރެގެން ކަމަށްވާތީ ރައްޓެހިން ހަދިޔާކޮށްފަހުރި މަސްދަޅުކޮޅާ އެފަދަ އެއްޗެތި ކަންމަތީ ފިހާރައަށް ވިއްކައިލީ. ގޭގެ އެހެން ބައެއްގަ އުޅޭ މީހަކަށް ލާރިކޮޅުދީގެން އޭނާގެ ފޯނުން އެޕަށް ވަދެ ލާރި ދައްކައިފިން. 

މިކަމާ ގުޅިގެން ސަރުކާރުގެ ވެސް ސްޓެލްކޯގެ ވެސް އެހީތެރިކަމެއް ބޭނުމެއްވެސް ނޫން! މިހައި ވަރަށް އޯގާތެރިކަން ލިބުނީމަ އަޅުގަނޑަށް ފުދިއްޖެ! ހަމަ ސްޓެލްކޯއަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ! މިހައި ދަތިހާލުގައި ތިއްބައި މިފަދަ ރަމަޟާން މަހެއްގައި ތިއަ ބެހެއްޓެވި އޯގާތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން!" މިއީ އޭނާ ބުނެފައިވެއެވެ. 

މިއަދުނޫހަށް ވަރަށް އިތުބާރުހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވާގޮތުގައި މެސެޖު ލިބުނު ގިނަ މީހުން ގެންދަނީ ބިލް ދެއްކެން ނެތިގެން ސަލާންޖަހަމުންނެވެ! 

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ވަނީ ލޮކްޑައުން ޙާލަތުގައި ގޭގެއިން ކަރަންޓުނުކެނޑުމަށް އެދިފައެވެ. އެކަން އިކޮނޮމިކް މިނިސްޓަރުވެސް ވަނީ ހާމަކުރައްވައިފައެވެ. ނަމަވެސް ހާމަކުރެއްވި ގޮތެއް ހާމަކުރެއްވި ފެންވަރެއް އެނގިފައެއް ނުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް