އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވުޟޫކޮށް ޙަދީޘްގައިވާ ފަދައިން ދުޢާކުރުމުން ސުވަރުގޭގެ 8 ދޮރުކޮޅުންކުރެ ބޭނުން ދޮރުކޮޅަކުން ވަނުމުގެ ފުރުޞަތު ލިބޭކަން ހަދީޘުން!: ޑރ. އިޔާޟް

ވުޟޫކޮށް ޙަދީޘްގައިވާ ފަދައިން ދުޢާކުރުމުން ސުވަރުގޭގެ 8 ދޮރުކޮޅުންކުރެ ބޭނުން ދޮރުކޮޅަކުން ވަނުމުގެ ފުރުޞަތު ލިބޭކަން ހަދީޘުން!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

އަބޫ ހުރައިރާ ރަޞިއަﷲ ތަޢާލާ އަންހުގެ ކިބައިން ރިވާވެގެންވާ ހަދީޘެއްގައި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވިކަމަށް އަންނަނީ "ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި ދެއްވައި އަދި ތިއަބައިމީހުންގެ ދަރަޖަ ﷲގެ ހަޟުރަތުގައި މަތިވެރިވެގެންދާނެ އަމަލެއް ތިމަންރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ތިޔަބައިމީހުންނަށް ދަސްކޮށްދެއްވަމު ތޯއޭ؟ އަސްހާބު ބޭކަލުންނާ ސުވާލުކުރައްވަނީ އެފަދައިން. އެހިނދުގައި އަސްހާބު ބޭކަލުން ދަންނަވަނީ "އާދޭހޭ ﷲގެ ރަސޫލާއޭ އަޅުގަނޑުމެންނަށް ތިއަކަމެއް ދަސްކޮށްދެއްވާށޭ!"  

ހަދީޘްކުރައްވަނީ "ފިނިގަދަވެ ނުވަތަގައިގާ ވޭންއަޅާ ވަގުތުގައިވެސް ފުރިހަމައަށް ވުޟޫކުރާ މީހަކަށްވުމަށް." އެމައްސަލައެއްނެތް ފިނިގަދަވީމާ ފެން ހޫނުކޮށްގެން ވުޟޫކުރިކަމުގައި ވީނަމަވެސް ކޮންމެ ގޮތެއްވިޔަސް ކިތަންމެ ފިނިގަދަވިކަމުގައި ވީނަމަވެސް ހިތްވަރުކޮށްލާފައި ވުޟޫކުރާ މީހަކަށްވާންވީ 

.....އަދި މިސްކިތައް ދިއުމަށްޓަކައި ފިޔަވަޅު ގިނަކޮށް، މާނައަކީ ވީހާވެސް ދުރުމަގަކުންލާފައި ވީހާވެސް ގިނަ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ބަލައިގެން މިސްކިތައް ދިއުން. އަދި އެއް ނަމާދު ނިމިގެން އަނެއް ނަމާދަށް އިންތިޒާރު ކުރުން. މިއީ އެމީހެއްގެ ފާފަތައް ފޮހެވި އެމީހެއްގެ ދަރަޖަ ﷲ ސުބްޙާނަހޫ ވަތަޢާލާގޭ ހަޟްރަތުގައި އުފުލިގެންދާނެ ކަމެއްގެ ގޮތުގައި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވާފައި މިވަނީ. 

އުމަރު ބުނި ޙައްތާބް ރަޟިއަﷲ ތަޢާލާ އަންހުގެ ކިބައިން ރިވާވެގެންވޭ! ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވާފައިވާކަމަށް.  "ތިއަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ފުރިހަމައަށް ވުޟޫއެއް ކުރުމަށްފަހުގައި، ދެން އެއަށްށްފަހު އޭނާ ވުޟޫކޮށް ނިންމާފައި

"أَشْهَدُ أَنْ لَا إِلَهَ إلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ".

ވުޟޫ ދުޢާގައި މިމިންވަރަށް ކިޔާކަމުގައި ވީނަމަވެސް އޭގެ ދަރަޖައެއްގެ ގޮތުން ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވާފައިވަނީ "ވުޟޫކޮށް ނިމިގެން މިދެންނެވި ދުޢާ ކިޔައިފިކަމަށްވަނީނަމަ އެމީހަކަށްޓަކައި ﷲ ސުބްހާނަހޫ ވަތަޢާލާ ސުވަރުގޭގެ  8 ދޮރުކޮޅު ހުޅުވާދެއްވާނެ ކަމަށް! އެދޮރުކޮޅުން ކުރެން ކޮންމެ ދޮރުކޮޅަކުން އެމީހަކު ސުވަރުގެ ވަނުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހަކަށް ފުރުސަތު ދެއްވާނެ ކަމަށް!" 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން

- ދަރުސްގެ ވީޑިއޯ:

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް