އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހުގެ ޘަވާބާ ދަރުމައަށް އެދި ޖަމާލް ޚަޝޯޤީގެ ޤާތިލުންނަށް ޢާއިލާއިން މާފުކޮށްފި

ރަމަޟާން މަހުގެ ޘަވާބާ ދަރުމައަށް އެދި ޖަމާލް ޚަޝޯޤީގެ ޤާތިލުންނަށް ޢާއިލާއިން މާފުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ތުރުކީގައި ހުންނަ ސައުދީ އެމްބަސީއަސް ދިއުމުން އަތުލައިގަނެ ކުދިކޮށް ކޮށައި އެސިދޫން ވިރުވައިލި ކަމަށް ބެލެވޭ ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯޤީގެ ޤާތިލުންނަށް އޭނާގެ ޢާއިލާއިން މާފުކޮށްފި އެވެ. 

ދަރިފުޅު ޞަލާޙް ބުނެފައިވަނީ ޢާއިލާއިން މާފުދޭން ނިންމީ ބަރަކާތްތެރި ރަމަޟާން މަހުގެ ޘަވާބާ ދަރުމައަށް އެދިގެން ކަމަށެވެ. އަދި ދުޢާކުރަނީ ބައްޕައަށް ސުވަރުގޭގެ އެންމެ މަތިވެރި ނިޢްމަތް ދެއްވެވުން އެދިގެން ކަމަށެވެ. 

"ﷲ އީ މީސްތަކުންގެ ކުށްތަކަށް އެންމެ ގިނައިން އަފޫ ކުރެއްވެވުމުގައި އެންމެ ދީލަތިވަންތަ އިލާހް، ޢަފޫކުރައްވަވައިދެއްވެވުމަށް އެންމެ ލޯބިވެވޮޑިގަންނަވާ އިލާހް!"

ޞަލާޙް ބުނެފައިވަނީ ޢާއިލާއިން އެފަދަ ނިންމުމުމެއް ނިންމުމުން ﷲ ގެ ހެޔޮ ރަޙްމަތް ޢާއިލާއަށްވެސް މިންވަރުކޮށްދެއްވެވުމަށް އެދޭ ކަމަށެވެ.

 2018 ވަނަ އަހަރު ހިންގި މި ޖަރީމާ އާއި ގުޅިގެން 2019 ވަނަ އަހަރު ވަނީ 5 މީހަކު މެރުމަށާއި 24 އަހަރަށް ޖަލަށް ލުމަށް 3 މ|ީހެއްގެ މައްޗަށް ޙުކުމް އިއްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް