އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހު ރޯދަ އަށްފަހު ފަސޭހަކަމާއިއެކު މުޅި އަހަރު އެކުގަ ރޯދަ ހިފުމުގެ ސަވާބު ލިބެން އޮތް ފުރުޞަތު ދޫކޮށްނުލައްވާ!: ޑރ. ޝަހީމް

ރަމަޟާން މަހު ރޯދަ އަށްފަހު ފަސޭހަކަމާއިއެކު މުޅި އަހަރު އެކުގަ ރޯދަ ހިފުމުގެ ސަވާބު ލިބެން އޮތް ފުރުޞަތު ދޫކޮށްނުލައްވާ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

"ކޮންމެ ކަމެއްވެސް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ! ވީމާ ޤަޞާކުރަންޖެހޭ ރޯދަ ޤަޟާކުރުމަށް ނިޔަތްގަނެގެން ޝައްވާލުމަހުގެ ދުވަސްތަކުގައި ރޯދައަށް ހުރުމާއި ސުންނަތްވެގެންވާ 6 ރޯދަ ހިފުމާއި ނުގުޅުވާށެވެ! އެއީ އެއްކަމެއް ކުރުން ކަމަކަށް ނުވާނެއެވެ! 

އެހެނީ މީހާ ކުރާ އަމަލަށް ﷲ ތަޢާލާ ޖަޒާ ދެއްވަވަނީ އެކަން ކުރާމީހާގެ ނިޔަތުގެ މައްޗަށެވެ! ވީމާ ޤަޟާ ކުރަން ރޯދައަށް ހުރުމުން އެ ރޯދަވާނީ ޤަޟާކުރަން ހިފި  ރޯދައަކަށެވެ! އެއީ ސުންނަތް ރޯދައަކަށް ނުވާނެއެވެ!. އެއް ނިޔަތެއްގެ މައްޗަށް 2 ރޯދައެއް ނުހިފޭނެއެވެ!" 

މާތް ﷲ ގެ ވާގިފުޅާއިއެކު ރަމަޟާން މަހުގެ ރޯދަ އަޅުގަނޑުމެން ހިފައިފީމުއެވެ. ދެން ލިބެން މިއޮތީ ވެސް ހަމަ އެހައިމެ މަތިވެރި ފުރުޞަތެކެވެ. ހަމައެއްގޮތަކަށްވެސް ދޫކޮށްލައިގެން ވާން އޮތް ފުރުޞަތެއް ނޫނެވެ! 

ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުގައި ވަނީ ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހު ޝައްވާލުކަމުން 6 ރޯދަ ހިފައިފި މީހާ މުޅި އަހަރު ދުވަހު ރޯދަ ހިފިފަދަ ކަމަށެވެ. މާނައަކީ ރަމަޟާން މަހުގެ ރޮޑަ ފުރިހަމަކޮށް ޝައްވާލުމަހުގެ ތެރޭގައި 6 ދުވަހު ރޯދައަށް ހުރެއްޖެ މީހަކަށް މުޅި އަހަރު ދުވަހުގެ ޘަވާބު ދެއްވަވާނެ ކަމަށެވެ. 

މި 6 ރޯދައަކީ ވިދިގެން ހިފަންޖެހޭ ރޯދަތަކެއް ނޫނެވެ. ފިޠުރު ޢީދު ދުވަހަށްފަހު މުޅި ޝައްވާލުމަހަށް ބަހާލައިގެންވެސް ހިފިދާނެއެވެ. 

ރަމަޟާން މަހުގެ ރޯދަ ޤަޟާ ކުރަންޖެހިފައިވާ މީހުން ޢަމަލުކުރާނެ ގޮތާއިމެދުގައި ދީނީ ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުމެއް އެބައޮތެވެ. ނަމަވެސް ގިނަ ޢިލްމްވެރިން ބުރަވެވަޑައިގަންނަވަނީ ފުރަތަމަ ކަމަކަށް ﷲ ގެ ޙައްޤު (ޤަޟާކުރަންޖެހޭ ރޯދަ) ހިފުމަށެވެ.  

ހަމައެފަދައިން ފުރަތަމަ ސުންނަތް 6 ރޯދަ ހިފައި ޤަޟާކުރަން ޖެހޭ ރޯދަ ރޯދަތަށް އަހަރު ދުވަހަށް ބަހައިގެން ހިފުމަށް އިރުޝާދު ދެއްވާ ދީނީ ޢިލްމުވެރިން އެބަތިއްބެއެވެ. 

އަޅުގަނޑުވެސް ބޮޑަށް ބުރަވާނީ ފުރަތަމަ ﷲ ތަޢާލާގެ ޙައްޤު އަދާކުރުމަށެވެ. އަދި އަޅުގަނޑު ދެކެނީ ޤަޟާކުރަންޖެހޭ ރޯދަ ފަސްކުރުމަކީ، ރޯދަ ޤަޟާކުރުމުގެ އިޚްލާޞްތެރި ނިޔަތް އޮތް މީހުންނަށް އެއީ ޖާއިޒު (ބޭނުން ގޮތެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު އޮތް" ކަމެއްގެ ގޮތުގައެވެ. "އަޅުގަނޑަށް ފެންނަ ގޮތުގައި އަޢުލާވެގެންވަނީ ފުރަތަމަ ﷲ ތަޢާލާގެ ޙައްޤު އަދާކުރުމެވެ. (އެބަހީ ޤަޟާކުރަން ޖެހޭ ރޯދަތައް ހިފުމެވެ.) ނަމަވެސް ޖާއިޒުވެގެންވޭ މުޅި އަހަރަށް ބަހާލައިގެން ޤަޟާކުރަންޖެހޭ ރޯދަތައް ހިފުންވެސް!"

އެހެނީ ކުރީ އަހަރުގެ ރޯދަ ނުހިޕެވެނީސް ޝައުބާން މަހާއި ބައްދަލުވެވަޑައިގަންނަވާކަން ޢައިޝަތުގެފާނުގެ ބަސްފުޅުން އެނގެން އޮތުމުންނެވެ.

ވީމާ އެންމެ 6 ދުވަހު ރޯދަހިފުމުން މުޅި އަހަރު ދުވަހު ރޯދަހިފުމުގެ ޘަވާބު ހޯދެން އޮތް މި އަގުހުރި މިފުރުޞަތު ދޫކޮށްނުލާށެވެ! ރަމަމާން މަހު އަޅުގަނޑުމެން ހިފި ރޯދަ އާއި ކުރި އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާށި! އާމީން. އަޅުގަނޑުގެ ފަރާތުން ތިއަ އެންމެ ބޭފުޅުންނަށް ޢީދުމުބާރިކް!

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން 

- ދަރުސްގެ ވީޑިއޯ: 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް