އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަހިބަދޫގަ ފިޠުރު ޒަކާތް ޙަވާލުވާނެ ފަޤީރަކު ރަޖިސްޓްރީ ނުކުރާތާ 2 ވަނަ އަހަރު!

މަހިބަދޫގަ ފިޠުރު ޒަކާތް ޙަވާލުވާނެ ފަޤީރަކު ރަޖިސްޓްރީ ނުކުރާތާ 2 ވަނަ އަހަރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

މިއަހަރަކީ އދ މަހިބަދޫގައި ފިޠުރު ބޭނުންވެގެން ޙަވާލުވާނެ އެއްވެސް މީހަކު އެކަމަށް އެދި ރަޖިސްޓރީ ނުކުރާތާ ވިދިވިދިގެން 2 ވަނަ އަހަރެވެ. 

ކައުންސިލުގެ ރައީސް އަޙްމަދު ޚަލީލް ވިދާޅުވީ މިއަހަރުގެ ފިތުރު ޒަކާތް ވެސް ވަރަށް ގިނަ ބައަކު ދެއްކި ކަމަށާއި ފިޠުރު ޒަކާތަށް 42،664.61 ރުފިޔާ ލިބުނު ކަމަށެވެ. 

"އެއްވެސް މީހަކު ފަޤީރެއްގެ ގޮތުގަ ރަޖިސްޓްރީކޮށްފައި ނެތުމުން އިސްލާމިކް މިނިސްޓްރީގެ ލަފައާއިއެކު ރަސާއި އެންމެ ކައިރިއަށް އޮތް އެންމެ ފަޤީރުން ގިނަ ރަށަށް އަޅުގަނޑުމެން ފައިސާ ހަވާލުކުރީ! އޮމަދޫއަށް ހަވާލުކުރީ!" ޚަލީލް ވިދާޅުވިއެވެ. 

"މިރަށުގަ ހަމަ ފަޤީރުން މަދީ. ޒަކާތް ދައްކާ މީހުން ގިނައީ އެންމެ ދަތިކޮށް އުޅުނު މީހާއަށް ވެސް ދަރުމަވެރިޔާ ޙިސާން ގެއެއް އަޅައިދިނުމުން އޭނާ ވެސް މިހާރު ހުރީ ފުދިގެން." ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ. 

ޚަލީލް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އެރަށަށް ފޮނުވަން ހަމަޖެއްސި ކަދުރުވެސް ރަށް ނުގެންގޮސް ކަރަންޓީނު ސެންޓަރުތަކަށާއި ޙާލުގައި ތިބި މީހުންނަށް ހަދިޔާ ކުރީ ކަމަށެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް