އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންޓޭނަރުތައް ޖުރުމަނާ ކުރަންވާނީ މުދާ ނުނެރެވޭ ސަބަބުތައް ބަލާފަ!: ވިޔަފާރިވެރިން

ކޮންޓޭނަރުތައް ޖުރުމަނާ ކުރަންވާނީ މުދާ ނުނެރެވޭ ސަބަބުތައް ބަލާފަ!: ވިޔަފާރިވެރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

ރާއްޖެއަށް މުދައު އެތެރެކުރާ ކޮންޓޭނަރުތަކުން މުދައު ހުސްނުކޮށްގެން، ނުވަތަ ނުނެރެގެން ޖުރުމަނާ ކުރަން ފަށަންވާނީ އެކަން މެދުވެރިވި ސަބަު ރަނގަޅަށް ބެލުމަށްފަހުގައި ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފިއެވެ. 

މިހާރު ކުރިމަތިވާ ދަތިތައް ހާމަކުރަމުން ބުނެފައިވަނީ ރާއްޖެއަށް އަންނަ ފްލައިޓްތައް މަދުވުމުން އޮރޮޖިނަލް ބީއެލް ނުލިބި ބައެއް ފަހަރު މަސްދުވަސްވެސް އެބަ ފާއިތުވާ ކަމަށާއި އޮރިޖިނަލް ބީއެލް ޢާއި ނުލައި މުދައު ނުނެރެވޭ ކަމަށެވެ. 

ދެވަނަ ސަބަބެއް ކަމަށް ބުނެފައިވަނީ ޑޮލަރު ނުލިބުމުގެ މައްސަލައެވެ. 17 ރުފިޔާއަށް ވެސް ބައެއް ފަހަރު ބޭނުންވާ އަދަދު ގަންނަން ނުލިބޭ ކަމަށެވެ. ކާބޯތަކެތި އެތެރެކުރަން ބޭންކްތަކުން ޑޮލަރު ލިބުނު ނަމަވެސް އެހެން ބާވަތްތައް އެތެރެކުރަން ބޭންކްތަކުން ޑޮލަރު ނުލިބޭ ކަމަށެވެ. 

"އަޅުގަނޑަށް ސައުތުއެފްރިކާއިން ފޮނުވި ޑޮކިޔުމަންޓެއް ސިންގޕޫރުގަ އޮވެއްޖެ 3 ހަފްތާއަށްވުރެ ގިނަ ދުވަހު ތާށިވެފަ. އެންމެފަހުން އެޑޮކިޔުމަންޓްލިބުނީ ސިންގަޕޫރުން ތުރުކީއަށް ފޮނުވައިގެން ތުރުކީ މަގުން. އެއިރު މަސްދުވަސްވާން ވެސް ގާތްވެފައޮތީ!" 

ވިޔަފާރިވެރިން އެދެނީ މިފަދަ އެތައް ދަތިތަކެއް މިވަގުތު ކުރިމަތިވެފައިވުމުން މުދައު ޖުރުމަނާކުރުމުގެ ކުރިން ނުނެރެވި ހުރި ސަބަބު ބަލައި އެއީ މުދާއެތެރެކުރި ކުންފުނީގެ ސަބަބުން ލަސްވާ ލަވުމެއްކަން އެމްޕީއެލްއިން ޔަޤީންކުރުމެވެ. 

ކޮވިޑް-19 ރޯގާ އާ ގުޅިގެން މާލެ ސަރަޙައްދު 15 އޭޕްރީލް އިން ފެށިގެން ލޮކްޑައުން ކޮށްފައިވާތީ، މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލޭ ޓާމިނަލްގައި ކުލިއާ ނުކޮށް ހުރި މުދަލުން މި މުއްދަތުގައި ސްޓޯރޭޖް ފީ ނުނަގާ ގޮތަށް ޕޯޓްސް އިން ވަނީ މީގެ ކުރިން ހަމަޖައްސާފައި ނަމަވެސް އެމްޕީއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިހާރު ކްލިއާ ނުކޮށް ބަނދަރުގައި ހުރި ކޮންޓެއިނަރުތަކަށް 10 ޖޫން ގެ ފަހުން ސްޓޯރޭޖް ފީ އެ ކުންފުނިން ބަޔާން ކުރާ އުސޫލުތަކާއެކު ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ސަބަބެއް ކަމަަށް ބުނެފައިވަނީ ޖުރުމަނާ ނުކުރުމުން މުދައު އެތެރެ ކުރާ ގިނަ ފަރާތްތަކުން މުދައު ކްލިއާ ކޮށްފައި ނުވާތީ މުދަލާއިއެކު ގިނަ ކޮންޓެއިނަރު ތަކެއް މާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓަން ޖެހި ބަނދަރު ތޮއްޖެހި މުދައު ހިފައިގެން އަންނަ އިތުރު ބޯޓުތަކުން މުދައު ބާލައި ބަހައްޓާނެ ޖާގަ ނެތި ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ތަކައް ބުރޫ އަރައި ބޯޓު ފަހަރުން ކޮންޓެއިނަރު ބޭލުމުގައި ދަތިތަކާއި ކުރިމަތިވަމުން އަންނާތީ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް