އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ހަގު ޢަރަބި ޑޮކްޓަރަކަށް ވިހި އަހަރުގެ އަންހެން ކުއްޖެއް! " އުންމީދަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ކޮންމެވެސް ޚިދުމަތެއް ކޮށްދިނުން!

އެންމެ ހަގު ޢަރަބި ޑޮކްޓަރަކަށް ވިހި އަހަރުގެ އަންހެން ކުއްޖެއް! " އުންމީދަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ކޮންމެވެސް ޚިދުމަތެއް ކޮށްދިނުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

އުމުރުން އެންމެ ހަގު ޢަރަބި ޑޮކްޓަރަކަށް ވިހި އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ އިޤްބާލް އަލް އަސަދު ވެއްޖެއެވެ. އޭނާ މެޑިސިން ކިޔަވާފައިވަނީ ކޯނެލް ޔުނިވަރސިޓީގެ ޤަތަރު ގޮފިންނެވެ.

ލެބަނަން އަށް ނިޞްބަތްވާ އިޤްބާލް މަތީ ސާނަވީ ނިންމާފައިވަނީ ޢުމުރުން އެންމެ 12 އަހަރުގައެވެ. އެހެންކަމުން އޭނާގެ ހޯދި ކާމިޔާބީއަށް ބަލައި މެޑިސިން ކިޔެވުމަށް ޤަތަރަށް ފޮނުވީ ލެބަނަން ސަރުކާރުން ދިން ސްކޯލާޝިޕެއްގައެވެ.

އިޤްބާލަށް ކިޔަވައިދިނުމުގައި އިސްކޮށްހުރި ޕްރޮފެސަރު ބުނެފައިވަނީ ކިޔަވަމުންދިއައިރު އިޤްބާލުގެ ޢުމުރު ކިތަންމެ ހަގުވެފައި ކްލާހުގައި ދޮށީ އުމުރުގެ ދަރިވަރުން ތތިބި ނަމަވެސް އިޤްބާލް ދައްކައިދީފައިވަނީ އޭނާއަކީ އާދަޢާ ކިލާފަށް ތޫނުފިލި ދަރިވަރެއް ކަމެވެ. އެހެންކަމުން އިޤްބާލްގެ މުސްތަޤްބަލަކީ ވަރަށް ބޮޑަށް ހުޅުވައިލެވިފައިވާ މުސްތަޤްބަލެއް ކަމަށެވެ.

އިޤްބާލް ބުނާގޮތުން އޭނާގެ އެންމެ ބޮޑު އުންމީދަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ކޮންމެވެސް ޚިދުމަތެއް ކޮށްދިނުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް