އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުއްޖާ މާލެ ގެނައީ ބޭސް ކޮށްދޭނަމޭ ބުނެ، އޯގާތެރިކަމަށް ހެދިގެން މައިންބަފައިންނަށް އޮޅުވާލައިގެން!

ކުޑަކުއްޖާ މާލެ ގެނައީ ބޭސް ކޮށްދޭނަމޭ ބުނެ، އޯގާތެރިކަމަށް ހެދިގެން މައިންބަފައިންނަށް އޮޅުވާލައިގެން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް އޮޅުވާލައިގެން މާލެ ގެނެސް އެކުއްޖާ އަށް ބްލެކްމެއިލްކޮށް ރޭޕް ކުރި މައްސަލައެއް އިއްޔެ ފެންމަތިވެފައިވާއިރު މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތުތަކެެއް ވެސް ލިބިއްޖެއެވެ. 

އެއަންހެން ކުއްޖާ މާލެ އައީ އެކަނި ކަމަށާއި، އައުމަށްފަހު ޚަބަރެއް ނުވުމުން އޭނާ ހޯދައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ފަތިހު 5:37 ގައެވެ. އެކުއްޖާ ފެނިފައިވަނީ ހަމައެދުވަހުގެ މެންދުރެއްހާއިރު ގެސްޓް ހައުސެއްގެ ތެރެއިންނެވެ.

މިމައްސަލައާއި ގުޅިގެން، ނަންހާމަ ނުކުރުމަށް އެދި އިތުބާރު ހުރި ފަރާތަކުން "މިއަދުނޫހަށް" މައުލޫމާތު ދެމުން ބުނީ، އެއަންހެންކުއްޖާ މާލެ ގެނައި އުމުރުން 24 އަހަރުގެ ފިރިހެންމީހާ، އެއަންހެން ކުއްޖާ މާލެ ގެނެސްފައިވަނީ އެކުއްޖާގެ މައިންބަފައިންނަށް އޮޅުވާލައިގެން ކަމަށެވެ. 

އެގޮތުން ކުށުގެ ރިކޯޑުވެސް އޮންނަ އެފިރިހެންމީހާ އަންހެންކުއްޖާ އާއި ގާތްގުޅުމެއް ބޭއްވިއިރު، އަންހެން ކުއްޖާގެ މައިންބަފައިންނާ ވެސް ވާހަކަ ދައްކާފައިވަނީ "މަންމަ، ބައްޕަ" ކިޔައިގެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އަންހެން ކުއްޖާ ބަލިވުމުން މާލެ ފޮނުވީ، އެކުއްޖާއަށް ބޭސް ކޮށްދޭނެ ކަމަށް ބުނުމުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. 

އަންހެން ކުއްޖާ އެކަނި ފޮނުވީ، އެމީހާއަށް އިތުބާރު ކޮށްފައެވެ. އަދި ފުލުހުންނަށް މައްސަލަޖެއްސީ ކަމެއް ގޯސްވެއްޖެ ކަމަށް ހީވުމުން ކަމަށް ވެސް ބުންޏެވެ.

މިއީ ހުރިހާ މައިންބަފައިން ވެސް ވަރަށް ވިސްނަންޖެހޭ ކަމެކެވެ. ކިތަންމެ ގާތްކޮށް މީހަކު ވާހަކަ ދެއްކިކަމުގައި ވިޔަސް، ތިމާމެންގެ ދެލޮލުގެ ކޮއެފަދަ ދަރިން އެއްވެސް މީހަކާއި ހަވާލު ނުކުރުމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ