އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެރި ތޫފާނަކާއެކު ތާޖް މަހާލް އަށް ގެއްލުން ތަކެއްވެއްޖެ!

އެރި ތޫފާނަކާއެކު ތާޖް މަހާލް އަށް ގެއްލުން ތަކެއްވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

މިދިޔަ ހުކުރު ދުވަހު އިންޑިއާގެ އާގްރާއަށް އެރި ތޫފާނަކާއެކު، އެތަނުގައި ހުންނަ އެންމެ މަޝްހޫރު ބިނާ ކަމުގައިވާ ތާޖް މަހާލްއަށް ވެސް ގެއްލުންތަކެއް ވެއްޖެއެވެ.

އެގޮތުން ތޫފާނާއެކު ވަޔާއި އައި ދަގަނޑު ގަނޑަކުން ޖެހި، ޔަމުނާ ކޯރާއި ދިމާލުގައި ތާޖްމަހާލްގެ މެއިން މޯސޯލިއަމްގެ ފުރާޅުން ބައެއް ވަނީ ވެއްޓިފައެވެ. އެގޮތުން ފުރާޅު ހަދާފައިހުރި ރަތް ސޭންޑްސްޓޯން ތަކަކާއި ތިރީގައި ހުރި މާބްލްތަކެއް ވެސް ވެއްޓިފައިވެއެވެ. 

އާކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިއާ އިން ބުނެފައިވަނީ ތާޖް މަހަލް އަށް ލިބިފައިވާ ގެއްލުން އަލުން ރަނގަޅުކުރަން ގާތްގަނޑަކަށް 20 ލައްކައެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

ތާޖް މާހާލްގެ ފުރާޅުން ބަޔަކަށާއި ތަޅުންގަނޑަށް ގެއްލުންތަކެއް ވެފައިވާއިރު، ގަދަ ވައިގެ ސަބަބުން އެތަނުގެ ސީލިންގާއި ގޭޓަށް ވެސް ވަނީ ގެއްލުންވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ