އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ މަތިވެރި ޙުކުމްފުޅުތައް ވަނީ ޤުރްއާނުގައިކަން ހާވާޑް ޔުނިވަރސިޓީން ޤަބޫލުކޮށް ޤުރްއާނުގެ ޢާޔަތްތައް ބަހައްޓަން ފަށައިފި

އެންމެ މަތިވެރި ޙުކުމްފުޅުތައް ވަނީ ޤުރްއާނުގައިކަން ހާވާޑް ޔުނިވަރސިޓީން ޤަބޫލުކޮށް ޤުރްއާނުގެ ޢާޔަތްތައް ބަހައްޓަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ދުނިޔޭގެ އެންމެ މަޝްހޫރު ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ހާވާޑް ޔުނިވަރސިޓީން އެންމެ މަތިވެރި ޙުކުމްފުޅުތައް ބަޔާންވެގެންވަނީ މުސްލިމުންގެ ދުސްތޫރު، ކީރިތި ޤުރްއާނުގައިކަން ޤަބޫލުކޮށް ޤުރްއާނުގެ ޢާޔަތްތައް ބަހައްޓަން ފަށައިފި އެވެ. 

މިގޮތުން އެ ޔުނިވަރސިޓިގެ ލޯފަކަލްޓީގެ ލައިބްރަރީއަށް ވަންނަ ދޮރުމަތީގައި ބަހައްޓާފައިވަނީ ކީރިތި ޤުރްއާނުގެ އައްނިސާ ސޫރަތުގެ 135 ވަނަ އާޔަތެވެ. 

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ޢަދުލު އިންޞާފު ޤާއިމުކުރުމުގައި  ދެމިތިބޭ ބައަކު ކަމުގައިވާށެވެ! (އަދި) ﷲ  އަށްޓަކައި ހެކިބަސް އަދާކުރާ ބައަކު ކަމުގައި ތިއަބައިމީހުންވާށެވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސް ތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަޤީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، اللَّه، އައުލާ ކަން ބޮޑެވެ. ތިއަބައިމީހުން عޢަދުލު ވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބަޢަ ނުވާށެވެ! އަދި، ތިއަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިއަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ." (އައްނިސާ: 135)

ހާވާޑް ޔުނިވަރސިޓީއަކީ ޤާނޫނު ކިޔަވައިދިމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔުނިވަރސިޓީއެވެ. އަދި އެތަނުގެ ލައިބްރަރީއަކީ ޤާނޫނާއިބެހޭ ގޮތުން އެންމެ ގިނަ ފޮތް ހުރި ދުނިޔޭގެ އެންމެ ބޮޑު ލައިބްރަރީއެވެ. 

ދުނިޔޭގެ އެންމެ ބޮޑެތި ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ޔުނިވަރސިޓީއަކުން މިފަދަ މަތިވެރި ދަރަޖައެއް ކީރިތި ޤުރްއާނަށް ދިނުމުން އެ ޔުނިވަރސިޓީންވެސް ކީރިތި ޤުރްއާނުގެ މަތިވެރިކަން ޤަބޫލުކުރާކަން މިވަނީ ހާމަވެފައެވެ. ވީމާ މިކަން ވެގެން މިދިއައީ ކީރިތި ޤުރްއާން ޤަބޫލުނުކޮށް ކީރިތި ޤުރްއާނާއިމެދު ޝައްކު އުފައްދުވަން މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއަކަށެވެ! 

އިތުރަށް ފެނިގެން މިދިއައީ ﷲ ތަޢާލާ، އެކަލާނގެ ދީނަށް ނަޞްރު ދެއްވަވާނެ ކަމަށާއި އެކަލާނގެ ދީން މަތިވެރިކުރައްވަވާނެ ކަމަށް އޮތް ބަސްފުޅުގެ ތެދުކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް