އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޒޯޓު މުވައްޒަފުން ވަޒީފާތަކަށް ދިއުމުގެ ފުރުސަތު ދޭން އެޗްޕީއޭ އިން ނިންމައިފި

ރިޒޯޓު މުވައްޒަފުން ވަޒީފާތަކަށް ދިއުމުގެ ފުރުސަތު ދޭން އެޗްޕީއޭ އިން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ރިޒޯޓު މުވައްޒަފުން ވަޒީފާތަކަށް ދިއުމުގެ ފުރުސަތު ދޭން ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުންނާއި، މޮނިޓަރިންގެ ހާލަތު ނެގިފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުން ރިސޯޓުތަކަށް ވަޒީފާއަށް ދާންބޭނުންވާ މުވައްޒަފުންނަށް، އެރިސޯޓުތަކަށް ދިއުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް އެޗްޕީއޭއިން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފިއެވެ.

ރިޒޯޓު ތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު އެޗްޕީއޭއަށް އެންގުމަށް އެ އެޖެންސީން އަންގަވާފައިވާއިރު މޮނިޓަރިންގެ ހާލަތަށްލެވިފައިވާ ރަށްރަށުންނާއި، މޮނިޓަރިންގެ ހާލަތު ނެގިފަހުން 14 ދުވަސް ހަމަނުވާ ރަށްރަށުން ރިޒޯޓުތަކަށް ވަޒީފާއަށް ދާންބޭނުންވާ މުވައްޒަފުންނަށް، އެރިސޯޓެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވުމަށް ފަހު ވަޒީފާއަށް ނުކުތުމުގައި ވެސް ހުރަހެއް ނެތްކަމަށް އެޗްޕީއޭއިން ބުނާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. 

ވަޒީފާއަށް ރިޒޯޓު ތަކަށް ދާން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީގެ ހޮޓްލައިން 7223131 އަށް ނުވަތަ އީމެއިލް [email protected] އަށް ފޮނުއްވުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު