އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާގެ ކަންކަން ނުބެލެހެއްޓޭނެ ނަމަ ކައިވެނިކުރުމުގެ ބޭނުމެއް ނެތް!: ޑރ. ޝަހީމް

އަނބިމީހާގެ ކަންކަން ނުބެލެހެއްޓޭނެ ނަމަ ކައިވެނިކުރުމުގެ ބޭނުމެއް ނެތް!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

ކައިވެނިކުރުމަކީ އަމިއްލައަށް ޙަވާލުވާ ޒިންމާއެކެވެ. މަސްއޫލިއްޔަތެކެވެ. އަނބިމީހާ އާއި އަޅައިލަން ޖެހޭނެއެވެ. ޚަރަދުކުރަން ޖެހޭނެއެވެ. ޒިންމާ ވެސް އުފުލަން ޖެހޭނެއެވެ. ވީމާ ކައިވެނިކުރަން ޖެހޭނީ ޚަރަދުކުރެވޭނެ ކޮންމެވެސް ގޮތެއް ވެސް ހޯދުމަށްފަހުއެވެ.

"ނަޒަރިއްޔާތު ޕްރޮގްރާމްގައި ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުން:

އެހެންވީމާ މިސާލަކަށް މިވަގުތު ކިޔަވަން އުޅޭ ކުއްޖާ އޭނާއަށް ލާރި ލިބޭނެގޮތެއްނެތް. އޭނާ ކިޔެވުން ނުނިމި ހުރީ. އޭނާ މީހަކާވެސް އިންނަން ބޭނުންވޭ، އެކަމަކު އޭނާއަށް މިވަގުތަށް އެންމެ މުހިއްމު ކަމަކީ ކޮބައި މީގެތެރެއިން؟ އޭނާ މީހަކާ އިނދެގެން ދިރިއުޅުންތޯ؟ ނުވަތަ އޭނާ ކިޔެވުން ނިންމާފައި ނުވަތަ ކިޔަވަން އުޅެމުންވެސް ވަޒީފާއެއް ހޯދާފައި މީހަކާ އިނުންތޯ؟

މީހަކާ އިނުމަކީ ޒިންމާއެއް. ރެސްޕޮންސިބިލިޓީއެއް އެއީ. ޚަރަދު ކުރަންޖެހޭނެ. އަޅާލަން ޖެހޭނެ. އުޅޭނެ ތަނެއް ހޯދަންޖެހޭނެ. އެހެންވީމާ މިވަގޮތަށް އޭނާއަށް އެންމެ މުހިއްމު ކަމަކީ، އެންމެ މުހިއްމު ކަމަކަށްވާނެ ކަމެއް އޭނާ އަމިއްލައަށް ކަނޑައަޅަންވީ ތިމަންނާއަށް އެންމެ ކުޑަމިނުން ޕާޓްޓައިމްކޮށް ވަޒީފާއެއް ލިބޭނެގޮތްވެސް ތިމަންނަ ހަދާފައޭ ތިމަންނަ މީހަކާ އިންނާނީ. އެހެންނޫނީ ކިހިނެތްވާނީ. އެހެންނޫނީ އެކަމަކުން އެންމެ އުފާވެރި ނަތީޖާއެއް ނުނެރެވިދާނެ.

އެހެންވީމާ ހަޔާތުގެ ކަންކަމައިގެން އުޅޭ އުޅުމުގައި މިކަންކަމުގެ ދަރަޖަތައް ތަފާތުކުރަން ދަސްކުރުމަކީ އެއީ ވަރަށް މުހިއްމު ކަމެއް. އެހެންނޫނިއްޔާ އެންމެ މުހިއްމުކަމަށް މުހިއްމުކަން ނުދެވި އެއާ ޖެހިގެން އޮންނަކަމަކަށް މުހިއްމުކަން ދެވިއްޖެކަމުގައިވާނަމަ އޭނާ އެ ޕްރައިއޮރޮޓީ ނުވަތަ އިސްކަންދޭ ތަރުތީބު އޮޅިއްޖެކަމަށްވަނީނަމަ އޭނަ ކާމިޔާބުގެ މަންޒިލަށް ވާސިލްވުމަށްޓަކައި ދަތިތަކެއް މެދުވެރިނުވެ ނުދާނެ. ދަތިތަކެއް މެދުވެރިވާނެ.

އެހެންވީމާ އެކިމީހުންނަށް އެކިއެކި ކަންތައްތައް މެދުވެރިވާނެ ހަޔާތުގައި އުޅޭއިރު. އެކަންތައްތަކުގެ ތެރެއިން ކާމިޔާބީއާ ހަމައަށް ވާސިލްވުމަށްޓަކައި އޭނާ ޖެހޭ ކަންކަމުގެ ދަރަޖަތައް ތަފާތުކޮށް ދަނެގަންނަން. އަދި ދަރަޖަ ކުރެވިގެން ޕްލޭންކުރެވިގެން އަމާޒަށް ދަތުރުކުރާމީހަކަށް މިސްރާބަށް ދަތުރުކުރާ މީހަކަށް އޭނާ ވާންޖެހޭނެ. 

--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ވާހަކަފުޅުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް