އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް ކަމެއް ނުވާނެކަމަށް މާޔޫސް ނުވާށެވެ! ﷲ އަށް ކުރާ އެންމެ ސަޖިދައަކުންވެސް މުޅި ހަޔާތް އުޖާލާވެގެން ހިނގައިދާނެ!: ޑރޝަހީމް

އެއްވެސް ކަމެއް ނުވާނެކަމަށް މާޔޫސް ނުވާށެވެ! ﷲ އަށް ކުރާ އެންމެ ސަޖިދައަކުންވެސް މުޅި ހަޔާތް އުޖާލާވެގެން ހިނގައިދާނެ!: ޑރޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

އެއްގޮތަކަށްވެސް މާޔޫސްވުމެއް ނެތެވެ. މާޔޫސްވާކަށް ނުވެސް ޖެހެއެވެ. ކޮންމެ މީހަކަށްވެސް އެމާޔޫސްވުމުގެ ތެރެއިން ނިކުމެވިދާނެއެވެ. ތިމާ ކުރަން ބޭނުންވާ އެއްވެސް ކަމެއް ޙާޞިލު ނުކުރެވިދާނެކަމަށް ހީކޮށް މާޔޫސް ނުވާށެވެ! ﷲ ސުބްޙާނަހޫ ވަތަޢާލާއަށްޓަކައި ތިބާ ކުރާ އެންމެ ސަޖިދައަކުންވެސް ތިބާގެ މުޅި ހަޔާތް އުޖާލާވެގެން ހިނގައިދާނެއެވެ. 

ތައުލީމީ ހަޔާތުގައިވެސް ވަޒީފާގެ ހަޔާތުގައިވެސް ނާކާމިޔާބުގެ ތެރެއިން ކާމިޔާބަށް ވާސިލްވުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވަނީ ތިމާގެ އަމިއްލަ ނަފްސުން އެކަމަށް އަޒުމް ކަނޑައެޅުމެވެ. ތިމާގެ އަމިއްލަ ނަފްސުން އެކަމަށް އަޒުމް ކަނޑައަޅައިފިނަމަ ތިމާއަށް ކާމިޔާބީއާއި ހަމައަށް ވާސިލްކޮށްދިނުމުގައި މާދުރު ރާސްތާއެއްނެތެވެ.  

ތިމާއަށް ކާމިޔާބީއާ ހަމައަށް ވާސިލްކޮށްދިނުމުގައި އެންމެ މުހިއްމު ކަމަކީ ތިމާގެ އަމިއްލަ ނަފްސުން އެކަން ކަނޑައެޅުމެވެ. އެހެން މީހަކަށް ތިމާއަކަށް ކާމިޔާބީއެއް ހޯދައެއް ނުދެވޭނެއެވެ. ތިމާގެ ކާމިޔާބީގެ މަގާއިމެދު ގޮތް ނިންމަންޖެހޭނީ ތިމާއެވެ.  ތިމާ ދަތުރުކުރަން ބޭނުންވާ މިސްރާބު ކަނޑައެޅުމަކީ އެމީހަކު ކުރަންޖެހޭ ކަމެކެވެ. 

"ނަޒަރިއްޔާތު ޕްރޮގްރާމްގަ ޑރ.ޝަހީމްދެއްކެވި ވާހަކަފުޅުން:

އަޅުގަނޑުގެ ހަޔާތުގައި ކުރެވިފައިވާ ތަޖުރިބާތަކެއްގެ މައްޗަށް ބިނާކޮށް ތިބޭފުޅުންނާ މިވާހަކަތައް މިޙިއްޞާކުރަނީ! ޕްލޭންކުރުމަކީ އަޅުގަނޑު ވަރަށްބޮޑަށް ކުރާހިތްވާ ކަމެއް. އަދި ކުރާވެސް ކަމެއް ޕްލޭންކުރުމަކީ!

އެހުރިހާ ތަރުތީބެއްގެ މައްޗަށް ތަރުތީބުކޮށްގެން ކަންތައްތައް ކުރީމާ އޭގެން ހާސިލްވާ ނަތީޖާއާމެދު ހިތްހަމަޖެހޭނެ. ބައެންމީހުންތިބޭ ތިމަންނަ ކިޔަވާ ނިމުނީމާ ނޫނީ ތިމަންނަ މީހަކާވެސް ނީންނާނަމޭ. ކިޔަވާ ނިމުނީމާ ނޫނީ ދަރިއަކުވެސް ނުހޯދާނަމޭ. ބައެން މީހުން ވަކިކަމަކާ ގުޅުވައިގެން އެކަމަކަށް ހުރިހާ ކަމެއް ހުސްކޮށްގެން ތިބޭ.

އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި އަޅުގަނޑު ދެކޭގޮތުގައި އެއީ އަދި މުޅިން ރަނގަޅު ނަޒަރިއްޔާއެއްނޫން. މިހުރިހާ ކަމެއްވެސް އެކުއެކީ ގެންދެވޭނެ. ވަޒީފާވެސް އަދާކުރެވޭނެ، ކިޔެވޭނެ، މީހަކާވެސް އިނދެވޭނެ، ދަރިންވެސް ހޯދޭނެ، އެކަމަކު މިހުރިހާ ކަމެއް ޕްލޭނެއްގެތެރޭގައި ޕްލޭންކުރެވިގެން އެކަންކަން ތަރުތީބު ކުރެވިގެން މަރުހަލާއަކަށްފަހު މަރުހަލާއެއް ވިސްނައިގެން ކުރިއަށް ދިޔައީމާ މިހުރިހާކަމެއްވެސް ހާސިލްކުރެވޭނެ އިނގޭތޯ. 

އަޅުގަނޑަށް ކުރެވުނު ތަޖުރިބާއަށް ބިނާކޮށް އަޅުގަނޑު މިހުރިހާ ވާހަކައެއްވެސް މިދައްކަނީ. އަޅުގަނޑު ކުޑައިރު ގްރޭޑް ހައެއްގައި އަޅުގަނޑު ސްކޫލް ދޫކޮށްލަންޖެހުނީ. ސްކޫލުން ކަނޑާލަންޖެހުނީ. ފާސްނުވެގެން ކަނޑާލީ. އެކަމަކު އަޅުގަނޑު ފާސްނުވެގެން ކަނޑާލީމާ އެހިސާބުން އަޅުގަނޑަށް ހުރިހާ ދޮރެއް ގާތްގަނޑަކަށް ބަންދުވީފަދަ. އޭރުގައި. އަދި މިއީ ކިތައް އަހަރުކުރިން. ހުރިހާ ދޮރެއް ބަންދުވީ. މާލީގޮތުންވެސް އެހީތެރިވާނެ އެހާބޮޑަށް އިތުރަށް ކިޔަވަން އަމިއްލައަށްވެސް ޚަރަދުކުރެވޭނެ ގޮތެއްވެސް އެއިރަކު ނެތް. އާއިލާގައިވެސް އެވަރުގެ ޤާބިލްކަމެއްވެސް ނެތް. އަޅުގަނޑަށް އަމިއްލައަށް އަޒުމް ކަނޑައަޅަން މަޖުބޫރުވީ އަޅުގަނޑަށް އެހާލަތުން އަޅުގަނޑު އަރައިގަތުމަށް މަސައްކަތްކުރުމަށް. އަޅުގަނޑު ދިޔައީ ފިހާރައަކަށް މަސައްކަތު މީހަކަށް. އެއިރު މަޖީދީމަގުގައި ހުންނާނެ ހޯލި ކިޔާ ފިހާރައެއް. އެތަނުގައި އަޅުގަނޑު އުޅުނިން އެއްއަހަރަށްވުރެ ގިނަދުވަސްވަންދެން ފޮޅާ ސާފުކުރާ މީހަކަށް. މަހަކު މުސާރައަކަށް ލިބެނީ ހަސަތޭކަ ރުފިޔާ. އެތާއުޅެމުން ހަވީރު ކިޔަވަން ދިޔައީ. އެއިރު މައުހަދު ޤުރުޢާން ކިޔަވަން ދަސްކުރަން ދިޔައީ އެތަނަށް. ފަހުން މިހާރު އިސްލާމިކް ޔުނިވަރސިޓީއެއީ އަޅުގަނޑު ފަހުން އެތަނުގެ ވެރިއަކަށް ހުރެފައި ނިންމާފައި.

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް