އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަލަށް އިސްލާމްވި ޖަސްޓިން އެކްސިޑެންޓެއްގަ ފުނޑުފުނޑުވުމަށްފަހު ގަދަވުމުން އިންތިޒާރުކުރަނީ ޙައްޖަށް ގެންދާނެ ބައިވެރިއަކަށް!

އަލަށް އިސްލާމްވި ޖަސްޓިން އެކްސިޑެންޓެއްގަ ފުނޑުފުނޑުވުމަށްފަހު ގަދަވުމުން އިންތިޒާރުކުރަނީ ޙައްޖަށް ގެންދާނެ ބައިވެރިއަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ޖަސްޓިން އަކީ ފަރަންސޭސި ކްރިސްޓިއަން ޢާއިލާއެއްގެ އަންހެން ކުއްޖެކެވެ. އުމުރުން 16 އަހަރުގައި ޖަރުމަނަށް ދިއައީ ޖަރުމަނު ބަހުގެ މާހިރަކަށްވުމަށެވެ. ޖަރުމަނުގައި ހުރި ދުވަސްވަރު އިޖުތިމާޢީ ޚިދުމަތެއްގެ ގޮތުގައި ޖަރުމަނުގައި ތިބި ސީރިޔާގެ ރިފިޔުޖީ ކުޑަކުދިންނަށް ހިލޭ ސާބަހަށް ކައްކައިދޭން ގޮސް އުޅުނެވެ. 

އެގޮތަށް އުޅުމުގެ ތެރޭގައި އެކުދިންގެ ކިބައިން ފެނުނު ރިވެތި އަޚްލާޤްގެ ސަބަބުން އިސްލާމް ދީނަށް ޝައުޤުވެރިކަން އުފެދި ދީން ދަސްކޮށް އިސްލާމްވިއެވެ. އެއަށްފަހު އެނބުރި ޤައުމަށް ގޮސް ވެސް އުޅެމުން އައީ އިސްލާމް ދީނަށެވެ. 

ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެކްސިޑެންޓެއް ވިއެވެ. ގައިގެ ގިނަ ކަށިތަކެއް ބިނދުނެވެ. ބޮލުގެ ނާށިގަނޑުގައިވެސް ރެނދުލިއެވެ. އަދި އޭނާއަށް އެކަނި އުޅެވިދާނެ ކަމުގެ އުންމީދުވެސް ޑޮކްޓަރުން ކަނޑައިލިއެވެ. 

ނަމަވެސް ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ކަމަކުން އަރައިގަނެވި ހިނގައި އުޅެވެން ފެށިއެވެ. ނަމަވެސް އެކަމުގެ ސަބަބުން ބޮކްސިންގތެޅުމާއި އެނޫންވެސް އޭނާ ކުޅެމުން ދިއަ ބައެއް ކުޅިވަރުތައްވެސް ހުޓާލަން ޖެހުނެވެ. 

ޖަސްޓިން ވިސްނީ ހުރިހާ ކަމެއް މެދުވެރިކުރެއްވެވީ ވެސް އޭނާއަށް ލެއްވެވި ރަޙްމަތެއްގެ ގޮތުން ކަމަށެވެ. ޚާއްޞަކޮށް އޭނާއަށް ދެން އެކަނި ނުހިނގިދާނެ ކަމަށް ޑޮކްޓަރުން ނިންމާފައިވަނިކޮށް އެހައި އަވަހަށް ހިނގޭނެ ގޮތް މިންވަރުކޮށްދެއްވެވުން އެއީ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެއް ކަމަށެވެ. 

އެހެންކަމުން ޖަސްޓިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ﷲ ތަޢާލާ އާއި ކުއްތަންވުން އިތުރުކުރެވޭތޯއެވެ! ޖަސްޓިން މިހާރު އުންމީދުކުރަނީ ކައިެނިކުރާނެ ތަޤްވާވެރި ފިރިއަކަށެވެ! ކައިވެންޏަށްފަހު އޭނާ ގޮވައިގެން އަވަހަށް ޙައްޖަށް ދާނެ ފިރިއަކަށެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް