އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސްގެފާނު ބޭނުންވާ ގޮތަށް ޙުކުމް ނުކުރުމުން ގައިގަ ކަފަ ބަނދެފަ އަލިފާން ރޯކޮށްލެވުނު ބޭކަލުންވެސް ވަނީ ފަނޑިޔާރުކުރަން ކުރައްވާފަ!: ޑރ. ޝަހީމް

ރަސްގެފާނު ބޭނުންވާ ގޮތަށް ޙުކުމް ނުކުރުމުން ގައިގަ ކަފަ ބަނދެފަ އަލިފާން ރޯކޮށްލެވުނު ބޭކަލުންވެސް ވަނީ ފަނޑިޔާރުކުރަން ކުރައްވާފަ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

ލޮބުވެތި އަޚުންނާއި އުޚްތުން! ޅުގަނޑުމެން ދެން ބަލާލަމާ ދިވެހިރާއްޖޭގެ އަދުލުވެރި ނިޒާމް. ލޮބުވެތި އަޚުންނާއި އުޚްތުން ދިވެހިރާއްޖެއަކީ އަށްސަތޭކަ އަހަރު ވަންދެން އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މަތީގައި ޤާއިމްވެގެން އަންނަ ދައުލަތެއް. މީގެ ސަތޭކަ އަހަރު ކުރިން ދިވެހި ދައުލަތް އިސްލާމްދީނުގެ ހިދާޔަތުގެ ތެރެއަށް ވަތް މިއަދާ ހަމައަށް ދިވެހިރާއްޖޭގެ ޣަޟާއީ ނިޒާމަކީ އިސްލާމް ދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެގެންވާ ނިޒާމެއް. އެހެންވީމާ މިނިޒާމް، އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައި ރައްކާތެރިކޮށް ދަމަހައްޓައި ކުރިއަށް އޮތް ޖީލުތަކަށް މިޤަޟާއީ ނިޒާމް އިސްލާމްދީނުގެ މަސްދަރުތަކުގެ މަތީގައި ތަރައްޤީކޮށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް.

މިއަދުގެ ޖީލުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް. އަބަދުވެސް އަޅުގަނޑުމެންނަށް އަޑުއިވޭ ދިވެހިރާއްޖޭގެ ޖުޑިޝަރީ އިސްލާހް ކުރާ ވާހަކަ. އަޅުގަނޑުމެން ދިވެހިރާއްޖޭގެ ޖުޑިޝަރީ އިސްލާހުކުރާ ވާހަކަ ދައްކާއިރުގައި އަޅުގަނޑުމެން ގެންނަން މިއުޅެނީ ކޮން ބާވަތެއްގެ އިސްލާޙެއްތޯއާ މެދުގައި އަޅުގަނޑުމެން ވިސްނަންޖެހޭ. ދިވެހިރާއްޖޭގެ ޖުޑިޝަރީ، ދިވެހިރާއްޖޭގެ ޤާޟާއީ ނިޒާމް ޤާއިމްވެފައި މިވަނީ އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މަތީގައި. އަދި ދިވެހިރާއްޖޭގެ ތާރީޚަށް ބަލާލާއިރުގައި ދިވެހިރާއްޖޭގެ ދައުލަތުގެ ފަނޑިޔާރު ގެއަކީ، ފަނޑިޔާރުގެއަށް ނުހަނު މަތިވެރި އިޚްތިރާމާއި ޤަދަރު ދެވިފައި އޮންނަ ތަނެއް.

ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ކަމުގެ މަޤާމް އަދާކުރައްވާފައިވޭ ވަރަށް އިއްޒަތްތެރި އިލްމުވެރި ބޭފުޅުން. ތާރީޚަށް ބަލާލާއިރުގައި ދިވެހިރާއްޖޭގެ ޖުޑިޝަރީއާއި ވެރިކަން ހިންގުމުގެ ނިޒާމާއި އަބަދުވެސް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދިފައި ހުރޭ. ތާރީޚުގެ ތެރެއަށް ބަލާލާއިރު ހިނގާފައި އެބައޮތް. ސަރުކާރުތަކަށް ރަސްރަސްކަލުންނާއި، ބައެއް ރަސްރަސް ކަލުންނާއި ބައެއް ފަނޑިޔާރުންނާއި ދެމެދުގައި ޚިޔާލު ތަފާތު ވުމުގެ ސަބަބުން ބައެއް ފަނޑިޔާރުންނަށް އަދަބު ލިބިފައި އެބަހުރި. ގައިގާ އަލިފާންރޯކޮށްފައި އެބަހުރި ތާރީޚުން ފެންނަން އެބައޮތް އެވާހަކަ. އެއީ ކީއްވެގެން. ފަނޑިޔާރުން ބޭނުންނުވީ ސަރުކާރުތަކުން ބޭނުންވާ ގޮތަށް ޙުކުމްތައް ކުރުމަށް. އެއީ ސަބަބަކަށްވީ. އެހެންވީމާ އެފަދަ ވަރުގަދަ ފަނޑިޔާރުންވެސް ރާއްޖެވަނީ ދެކިފައި. ބައެއް ފަނޑިޔާރުން ސަރުކާރުގެ ނުފޫޒުތައް ބޮޑުވެގެން ސަރުކާރުގެ ނުފޫޒުތަކަށް ބޯނުލަނބަންވެގެން އިސްތިޢުފާ ދެއްވާފައި އެބަހުރި. ތާރީޚުން މިކަން ފެންނަން އެބައޮތް

ވަރަށް އިލްމުވެރި އިއްޒަތްތެރި ފަނޑިޔާރުން ދިވެހި ދައުލަތުގެ ފަނޑިޔާރުކަން ކޮށްފައިވޭ. އެފަދަ ފަނޑިޔާރުން މިއަދުވެސް އަޅުގަނޑުމެންގެ ޤަޟާއީ ނިޒާމަށް ބޭނުންވަނީ. ސިޔާސީ ނުފޫޒުތަކާއި ބާޠިލް ކަންކަން ކުރިމަތީގައި ނޫނެކޭ ބުނަން ކެރޭ ފަނޑިޔާރުން ޙުކުމްކުރަން ތިބެންޖެހޭނެ. އިސްލާމްދީނުގެ އިލްމު ލިބިފައިވާ ފަނޑިޔާރުން ޙުކުމްކުރަން ތިބެންޖެހޭނީ!

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް