އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ޙާލަތު ވެއްޓިފައިވާ ފުންވަޅުގަނޑުން ނެގޭނީ އިސްލާމް ދީނުގަވާގޮތަށް ޝަރުޢީ ނިޒާމް ހިންގައިގެން!: ޑރ. ޝަހީމް

ރާއްޖޭގެ ޙާލަތު ވެއްޓިފައިވާ ފުންވަޅުގަނޑުން ނެގޭނީ އިސްލާމް ދީނުގަވާގޮތަށް ޝަރުޢީ ނިޒާމް ހިންގައިގެން!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

އަބަދުވެސް ދުނިޔެއަށް އަންނަ އިދާރީ ބަދަލުތަކާއި ދުނިޔެއަށް އަންނަ ޒަމާނީ ފަލްސަފާ އަޅުގަނޑުމެން ބަލައިގަންނަންޖެހޭނެއެވެ. ދުނިޔެއަށް އަންނަ އިދާރީ ބަދަލުތަކާއި ޒަމާނީ ފަލްސަފާގެ ތެރެއިން އެއްވެސް ނިޒާމެއް އިސްލާޙުކުރެވެން އޮތްނަމަ އެނިޒާމެއް އަޅުގަނޑުގެ ނަޒަރުގައި އިސްލާޙް ކުރެވެންޖެހޭނެއެވެ. އިސްލާޙް ކުރެވެންވާނީ އެދައުލަތަކުން ޤަބޫލުކުރާ މަތިވެރި މަޤްބޫލުކުރާ މަތިވެރި މަބްދަތުގެ މައްޗަށެވެ.

އަޅުގަނޑުމެންގެ ރާއްޖެކަމުގައި ވަނީނަމަ ދިވެހިރާއްޖެއަކީ މިދެންނެވި ފަދައިން އިސްލާމްދީނުގެ މަތިވެރި އަޤީދާއާއި އުސޫލު ތަކުގެ މަތީގައި ގާއިމްވެފައިވާ ދައުލަތެކެވެ. ދިވެހިރާއްޖޭގެ ޤަޟާއީ ނިޒާމް ޤާއިމްވެފައިވަނީ އިސްލާމީ ޝަރީއަތުގެ މައްޗަށެވެ. 

"ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންވެފައިއޮވޭ އެއީ ދިވެހިރާއްޖޭގެ ޤަޟާއީ ނިޒާމަކީ މިނިވަން މުސްތިޤިއްލު ބާރެކޭ. ފަނޑިޔާރުންގެ ޝަރުތުތައް ބަޔާންކުރެވިފައިވޭ. އަދި ދިވެހިރާއްޖެ ޤާނޫނީ ގޮތުންވެސް ބަލާއިރުގައި އިސްލާމީ ޝަރީޢަތާ ޚިލާފަށްވެސް ދިވެހިރާއްޖޭގައި ގާނޫނެއް ނުހެދޭ. ޤާނޫނެއް ހަދައިފިކަމުގައިވާނަމަ އެޤާނޫނެއް ބާތިލްވެގެންދާނެކަމަށް ބަޔާންވެފައިއޮވޭ ޤާނޫނު އަސާސީގައި. 

މިދުވަސްވަރަކީ އަޅުގަނޑުމެންނަށް ޖުޑިޝަރީ އިސްލާހުކުރުމުގެ ވާހަކަ ވަރަށް ގިނައިން ދެކެވޭ ދުވަސްވަރެއް. އަޅުގަނޑު މިމައުޟޫލުގެ މައްޗަށް ހަޤީގަތުގައި މިނޫނަސް މިހާ، ޕަބްލިކް ފޯރަމެއްގައި އަދި މިހާތަނަށް ވާހަކަ ނުދެއްކިކަމުގައި ވިޔަސް ސަރުކާރުގައި އުޅުނުއިރުވެސް ކަމާއިބެހޭ ބޭފުޅުންނާއި ވެރިންނާއި އެކިއެކި ބޭބޭފުޅުންގެ އަރިހުގައި އަޅުގަނޑު ވަރަށް ބޮޑަށް މިވާހަކަ ދައްކާފައިވާނެ. 

ދިވެހިދައުލަތުގެ ފަނޑިޔާރުގެ ގެ އިސްލާޙްވެގެންދާއިރުގައި އޭގެ ތެރޭގައި ހިމެނެންޖެހޭ ކަންތައްތަކުގެ ވާހަކަ. ހަޤީގަތަށް ދަންނަވަނީނަމަ ސިޔާސީ ގޮތުންވެސް ދިވެހިރާއްޖެ މިހާރު މިވެއްޓިފައިވާ ވަޅުގަނޑުގައި ވޭތުވެދިޔަ ފަސްސާހަކަށް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤާޟާއީ ނިޒާމްގެ ތެރޭގައި ހިނގައިދިޔަ ކަންތައްތައް އެއާ މިކަންތައްތަކާ އަޅުގަނޑުމެންނަށް ގުޅުވާނުލެވި ވާހަކައެއް ނުދެއްކޭނެ. 

ދިވެހިރާއްޖޭ ސީދާވެގެންވާ މަގުން ގެންދިއުމުގައި ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމްގެ ދައުރު ވަރަށް ބޮޑުވާނެ. ސީދާ މަގުން ދިވެހިރާއްޖެ ގެންދިއުމުގައި ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމް ވަރަށް ބޮޑުވާނެ. އަޅުގަނޑުމެން ދަންނަންޖެހޭނެ ދިވެހިރާއްޖޭގެ ޖުޑިޝަރީ ރިފޯމްކުރުމުގައި ދިވެހިރާއްޖޭގެ ޖުޑިޝަރީގެ ތެރެއިން ޝަރުޢީ ނިޒާމުގެ ތެރޭގައި ތިބި އިސްލާމްދީނުގެ އިލްމު ލިބިފައިވާ ފަނޑިޔާރުން ބޭރުކުރުމަކީ ޖުޑިޝަރީ އިސްލާހްކުރުމެއްނޫން. 

ގޯސްފަނޑިޔާރަކު ހުރިއްޔާމުން އެފަނޑިޔާރަކު ބަދަލުކުރަންވީ. ރިޝްވަތު ނަގާ މީހަކު ހުރިއްޔާ އެފަނޑިޔާރަކު ބަދަލުކުރަންޖެހޭ. އެއީ ކުރަންޖެހޭ ކަމެއް. އެހެންނަމަވެސް ޝަރުޢީ އިލްމާއީ ޤާނޫނީ އިލްމުން ޖުޑިޝަރީގެ ތެރެއިން ބޭރު ކުރުމަކީ އެއީ އެއްގޮތަކަށްވެސް ދިވެހިރާއްޖޭގެ ޖުޑިޝަރީއަށް މަސްލަހަތު އޮތް ކަމެއްނޫން. 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް