އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު
މާލޭ ސިޓީއާ ދަފްތަރުގެ ރަށްވެހިންނަށް ގޯތި ހޯދައިދިނުމަށް ވަކާލާތު ކުރާ ޙަރަކާތް "މާލޭސިޓީ ރައްވެހިންނަށް ގޯތި ހޯދުން" މަސައްކަތް ކުރަށްވާ ފަރާތަކުން މިސަރުކާރުން ގޯތި ދިނުމަށް ހުރަސް އަޅާ މާލޭ ޕޯރޓް ތިލަފުށީގަ ހެދެން އޮށްވާ ގުޅިފަޅުގަ ހަދަން ނިންމާ އެއްފަސްކޮށް ގޯތިދެވެން އޮތް ހަމައެކަނިތަން ބޭކާރު ކޮށްލާތީ ކަމަށް ބުނެ ދަޢުލަތާ ދެކޮޅަށް ދައުވާކުރަން ނިންމައިފިއެވެ.
މިއަދުނޫހަށް މަޢުލޫމާތު ލިބިފަވާގޮތުގަ މިކަން ހާމަ ކުރެއްވީ ރޭގެ ވަގުތެއްގަ އެމް. ޑީ. ޕީގެ މަޝްހޫރު ފުރަހަނި ޝުޢަބު އެވެ. ޙަރަކާތުގެ 'ހިންގާ ކޮމިޓީ' އަށް ޝުޢައިބު ހުށައެޅުއްވި ލިއުމުގެ ކޮޕީއެއް މިއަދު ނޫހަށް ލިބިފަވެއެވެ. ޝުއައިބު އަކީ ޙަރަކާތުގަ އިސްކޮށް މަސައްކަތްކުރަށްވާ އެއްބޭފުޅެކެވެ.
"މާލޭސިޓީ ރައްވެހިންނަށް ގޯތި ހޯދުން" ޙަރަކާތުން ގޮވާލަނީ މާލޭސިޓީއާއި ދަފްތަރުގަ ތިބި ގޯތި ޙައްޤުވާ 18 އަހަރުން މަތީގެ 40،000 + ރައްޔިތުންނަށް މާލެއާއި 'އެއްފަސްވާ' ގުޅިފަޅާ ފުށިދިއްގަރު ފަޅު އެއްކޮށް ހިއްކާ ބިމުގެ %50 އިން ލިބޭ 1500އަކަފޫޓުގެ 53،000 ގޯތި މިފަރާތްތަކަށް ދީ ދާއިމީ ޙައްލެއް އެޖެންޑާ19ގައި ވެފަވާ ވަޢުދާ އެއްގޮތަށް ހޯއްދަވައި ދެއްވުމަށެވެ!
Advertisement
30 ޖޫން 2020