އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަރަންޓީން ފެސިލިޓީން ފިލި 8 ބިދޭސީން ހޯދަނީ!

ކަރަންޓީން ފެސިލިޓީން ފިލި 8 ބިދޭސީން ހޯދަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ފުރަބަންދާ ގުޅިގެން އެކި އެކި ކަރަންޓީން ފެސިލިޓީ ތަކުގައި ބައިތިއްބައި ފިލި 8 ބިދޭސީން ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިމީހުންނަކީ، ފުރަބަންދާ ގުޅިގެން އެކި އެކި ކަރަންޓީން ފެސިލިޓީ ތަކުގައި ބައިތިއްބާފައި ތިއްބާ ފިލާފައިވާތީއާއި ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފިލާފައިވާތީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ ހޯދަމުންދާ ބައެއް ކަމަށެވެ.

މި މައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ،

  1. މުޙައްމަދު ސިރާޖު މިއާ، ޓަންގައިލް، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BJ0132260)،
  2. އަލާމީން، ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BK0321483)،
  3. އެމް.ޑީ ސައިފުލް، ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BA0787835)،
  4. މުޙައްމަދު ފަޒުލުލް ހައްޤު، ކޮމިއްލާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0592060)،
  5. މުޙައްމަދު މުނީރު ހުސައިން، ޗަންދުޕޫރު، ބަނގްލަދެޝް (ޕާސްޕޯޓް ނަންބަރު: BF0429254)،
  6. މުޙައްމަދު ގައްފާރު ބޭޕަރީ، ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: AE1683822)،
  7. މުޙައްމަދު ޕަރުވޭޒް، ޓަންގައިލް، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BB0126779)،
  8. ބިލާލް ހާން، ގާޒީޕޫރު، ބަނގްލަދޭޝް. (ޕާސްޕޯޓް ނަންބަރު: B0279141)، އެވެ.

މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު