އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢަރަބި ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރުކުރަން ޑރ. ޝަހީމް ބޮޑު މަޝްރޫޢެއް ފަށްޓަވަނީ!

ޢަރަބި ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރުކުރަން ޑރ. ޝަހީމް ބޮޑު މަޝްރޫޢެއް ފަށްޓަވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

ޢަރަބި ޤައުމުތަކުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްވެ ހުންނަވައިގެން ބޮޑު މަޝްރޫއެއް މިމަހުގެ 15 ދުވަހު ހަވީރު4.00 ގައި ލޯންޗްކުރާނެކަން އިޢުލާނުކޮށްފިއެވެ.  

ޑރ. ޝަހީމް އަކީ އެމަނިކުފާނު އަދާކުރެއްވި ކޮންމެ މަޤާމެއްގައި ހުންނަވައިގެންވެސް ރާއްޖޭގެ އިޤްޠޞާދު ކުރިއަރުވަން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޒަކާތު ފަންޑު ކުރިއެރުވުމަށާއި ވަޤްފް ފަންޑު އުފައްދަވައި ކުރިއަރުވަން ވެސް އެމަނިކުފާނު ވަނީ ވަރަށް ބޮޑެތި މަޝްރޫޢުތައް ހިންގަވައިފައެވެ.  

އެމަނިކުފާނު އިސްލާމިކް މިނިސްޓަރުކަމުން އިސްތިޢްފާ ދެއްވިފަހުން އެކަންކަން ކުރިއަރުވަން ކުރެވުނީ ކޮން މަސައްކަތެއްކަން އެނގެން ނެތްކަންވެސް ފާހަގަކުރެވެއެވެ.  

މި މަޝްރޫޢާއި ގުޅިގެން ދިއިސްލާމްގައި ޝާއިޢުކުރި ޚަބަރު: 

މާލްދީފް.ކޮމްގެ ނަމުގައި ޢަރަބި ބަހުން ދިވެހި މައުޟޫޢުތައް ހިމެނޭ ވެބްސައިޓެއް ފެއްޓެވުމަށް މާލްދީފް ގްރޫޕުން ނިންމަވައިފިއެވެ.

މާލްދީފް ގްރޫޕަކީ ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ ޝަހީމުގެ ޗެއާ ޕާރސަންކަމުގެ ދަށުން ހިންގޭ ކުންފުންޏެކެވެ. މިގޮތުން ޑރ ޝަހީމު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވާގޮތުގައި، "މާލްދީފް.ކޮމް" މިސައިޓަކީ ދިވެހި ރާއްޖޭގެ ފަރާތުން ޢަރަބި ދުނިޔެއަށް ޚާއްޞަ ކުރެވިފައިވާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ ފުރަތަމަ ޢަރަބި ސައިޓެވެ. މީގެއިތުރުން މިވެބްސައިޓުގައި ރާއްޖޭގެ ރަށްރަށާއި، ތަންތަނާއި ބެހޭ މަޢުލޫމާތާއި، ފޮޓޯ ހިމެނިފައިވާނޭ ކަމަށް މާލްދީފް ވެބްސައިޓުގެ އޮފިޝަލަކު ދިއިސްލާމަށް މަޢުލޫމާތު ދެއްވާފައިވެއެވެ.

"އަމާޒަކީ ގިނަ އަދަދެއްގެ އަރަބިންގެ ހިއްގައިމު މަންޒިލަކަށް ރާއްޖެ ހަދައި ރައްޔިތުންނަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީވުން،" މާލްދީފް ގުރޫޕުން ވިދާޅުވެފައިވެއެވެ. މިބޭފުޅުން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އަރަބި ދުނިޔޭގެ އެންމެ އާދައިގެ މީހާއަށް ވެސް އޭނާގެ އަމިއްލަ ބަހުން ރާއްޖެއާއި ރާއްޖޭގެ ޓޫރިޒަމާބެހޭ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ވެއްޖެނަމަ ރާއްޖެއަށް އަރަބީންގެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނާނެ ކަމަށެވެ.

މާލްދީފް ގްރޫޕުން ޚަބަރު ދެއްވާ ގޮތުގައި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކާއި ރެސްޓޯރަންޓްތަކާއި، ރާއްޖޭގެ ރަށްތަކާއި ރާއްޖޭގެ ހުރިހާ ކަމެއް އަރަބި ދުނިޔެއަށް ފޯރުކޮށްދިއްވުމުގެ މަސައްކަތް ލޯންޗު ކުރެވިގެން ދާނީ އަރަބި ފޮލޯވަރުންނާއެކުއެވެ. އަދި ރާއްޖެއާއި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ޕްރޮމޯޓްކޮށް މާކެޓްކޮށްދިނުމަށް ސޯޝަލްމީޑިއާގެ ހުރިހާ ޕްލެޓްފޯމެއް ބޭނުންކުރައްވާނެ ކަމަށާއި، އަދި އަރަބި ދުނިޔޭގެ އިންޓަނޭޝަނަލް ލިންކްތަކުގެ ބޭނުންވެސް ހިއްޕަވާނެކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ރާއްޖޭގެ ފުރަތަމަ ޢަރަބި ވެބްސައިޓު ކަމަށްވާ މާލްދީފް.ކޮމް އަދި، މިސައިޓާއި ގުޅޭ ސޯޝަލް މީޑިޔާ ޕްލެޓްފޯރމުތައް ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ މިޖުލައިމަހުގެ 15 ވީ ބުދަ ދުވަހު، ރާއްޖޭ ގަޑިން ހަވީރު 4 ޖަހާއިރުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް