އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަޒާހާތްތެރިކަމާ ފުށުއަރާ އެއްވެސް ޢަމަލަކީ ބަލައިގަންނާނެ ކަމެއް ނޫން: ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް

ނަޒާހާތްތެރިކަމާ ފުށުއަރާ އެއްވެސް ޢަމަލަކީ ބަލައިގަންނާނެ ކަމެއް ނޫން: ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ނަޒާހާތްތެރިކަމާ ފުށުއަރާ އެއްވެސް ޢަމަލަކީ އަޅުގަނޑު އަދި މި މުއައްސަސާއިން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ކަމެއް ނޫންކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅެވެއްޖެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މިހެން ވިދާޅުވީ ކަސްޓަމްސްގެ 130 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިޠާބުގައެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކު، ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުންމަތީ ދެމިތިބުމަށް،ކަސްޓަމްސްގެ އެންމެހައި މުވައްޒަފުންނަށް، އެމަނިކުފާނުވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމިޝަނަރ ޖެނެރަލް ފޮނުއްވި ޚިޠާބުގައި އެ މަނިކުފާނުވަނީ، މިދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށާއި، ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އަދި ކަސްޓަމްސްގެ އެންމެހައި މުވައްޒަފުންނަށާއި މުވައްޒަފުންގެ ލޮބުވެތި ޢާއިލާތަކަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

މި ޚިޠާބުގައި، ކޯވިޑް-19 އާ ގުޅިގެން ފެތުރިފައިވާ ބިރުވެރިކަމާ އެކުވެސް ދިވެހިރާއްޖޭގެ ދޮރޯށި ބެލެހެއްޓުމުގައި ކަސްޓަމްސް އޮފިސަރުން ސާބިތުކަމާއެކު ފަސްޖެހުމެއްނެތި ކުރައްވަމުން ގެންދަވާ ހިތްވަރުގަދަ ޚިދުމަތްތައް ފާހަގަކުރައްވައި، އެކަންކަމުގައި ބައިވެރިވެވަޑައިގެންނެވި އޮފިސަރުންނަށް އެމަނިކުފާނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، ކަސްޓަމްސްގެ 130 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަސްޓަމްސް ބިލްޑިންގްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ކޯވިޑް-19 އާ ގުޅިގެން އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ވެސް ކަސްޓަމްސްގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ޢާއިލާތަކާވަކިން، އެކަހެރިވެ ތިބެ މަސައްކަތްކުރެއްވި އޮފިސަރުންނަށާއި، ގޭގައި ތިއްބަވައިގެން މަސައްކަތްކުރެއްވި އޮފިސަރުންނަށާއި، ރާއްޖެއަށް އަންނަ އަދި ފުރާ ފަސިންޖަރުން ބަލައި ފާސްކުރުމުގެ މަސައްކަތްކުރެއްވި އޮފިސަރުން އަދި ވޮލަންޓިއަރުންގެ ގޮތުގައި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތަކުގައި ޙަރަކާތްތެރިވި ކަސްޓަމްސްގެ އޮފިސަރުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި އެ އޮފިސަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކުރެވުނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު