އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމް ޒުވާން އަންހެނަކު ސިލްކް، ދެފުށްފެންނަ ފޭރާމުގަ ޤުރްއާން އެކުގަ ލިޔެފި!

މުސްލިމް ޒުވާން އަންހެނަކު ސިލްކް، ދެފުށްފެންނަ ފޭރާމުގަ ޤުރްއާން އެކުގަ ލިޔެފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ތަފާތު ތަކެތީގައި ތަފާތު އަކުރުން، ތަފާތު ގޮތްގޮތަށް ކީރިތި ޤުރްއާން ލިޔުމުގެ ވާހަކައަކީ ވަރަށް ޢާންމު އެހެނަސް ވަރަށް ޚާއްޞަ ވާހަކަތަކެވެ. ތަފާތު ހުނަރުގެ މީހުން އެމީހެއްގެ ހުނަރު ބޭނުންކޮށްގެން އެކަންކުރަނީ ﷲ އޭނާއަށް ދެއްވެވި ހުނަރުގެ ބޭނުންކޮށްގެން ކީރިތި ޤުރްއާނަށް ޚިދުމަތެއް ކުރުމަށެވެ. 

މިފަހަރުމިއީ އަޒަރބައިޖާންގެ، އުމުރުން އެންމެ 33 އަހަރުގެ ތުންޒާލް މުޙައްމަދުޒައިދީގެ ވާހަކައެވެ. އޭނާ ވަނީ 3 އަހަރު ދުވަހުގެ މަސައްކަތުން ސިލްކް، ކަޅުކުލައިގެ ދެފުށްފެންނަ (ޓްރާންސްޕަރެންޓް) ފޭރާމުގައި ކީރިތި ޤުރްއާންގެ މުޞްޙަފް އެކުގަ ލިޔެފައެވެވެ.  

ކީރިތި ޤުރްއާން އެކުގައި ލިޔެފައިވަނީ 50 މީޓަރު ފޭރާމުގައެވެ. 

ތުންޒާއަކީ ޑިޒައިންކޮށް ކުލަޖައްސައި ހެދުމުގެ ފަންނުގައި ވަރަށް ކުރީސަފުގައި މަސައްކަތކުރަމުން އަންނަ ޒުވާނެކެވެ. އޭނާ ބުނެފައިވަނީ އޭނާ ބޭނުންވީ އައު ހުނަރެއް ސާބިތުކުރަން ކަމަށާއި މިހައިތަނަށް ސިލްކް ފޮތީގައި އެއްވެސް މީހަކު ޤުރްއާން ލިޔެފައި ނެތުމުން ލިޔުނީ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް