އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނުކުޅެދުންތެރި ކުއްޖާ ގެއިން ނެރެގެން ގެންދިއައީ ޖިންނިއެއްތަ؟

މިނުކުޅެދުންތެރި ކުއްޖާ ގެއިން ނެރެގެން ގެންދިއައީ ޖިންނިއެއްތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ޚަބަރުގައިވާ ފޮޓޯގައި އެވަނީ އުމުރުން ދެއަހަރުގެ ނުކުޅެދުންތެރިކަންހުރި ކުއްޖެކެވެ. މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އާދައިގެމަތިން ނިދަން އެނދުގައި ބޭއްވީ ރޭގަނޑު 8.30 ހައިއިރުއެވެ. އާދައިގެމަތިން ދަރިފުޅު ދެކެން ހެނދުނު ދިއައިރު ކުއްޖާ އެނދަކު ނެތެވެ.

15 ވަނަދުވަހު ހެނދުނު ފުލުހުންނަށް ރިޕޯޓްކުރުމުން ހޯދަމުން ދަނިކޮށް 17 ވަނަ ދުވަހު ހެނދުނު 9.30 ހައިއިރު ދުރު ސަރަހައްދަކުން ކުއްޖާ ފެނުނުއިރު ވަނީ މަރުވެފައެވެ. ކުއްޖާއަށް ނުހިނގުނު ނަމަވެސް ފިރުކެވެއެވެ. 

ސުވާލުތައް ވަރަށް ގިނައެވެ. އެފަދަ ކުއްޖަކަށް ގެއިން ނުކުމެވުނީ ކިހިނަކުންހެއްޔެވެ؟ ފިރުކިފައި އެހައި ދުރަށް ދެވުނީ ކިހިނަކުންހެއްޔެވެ؟ އެއްވެސް މީހަކަށް ނުފެނުނީ ކީއްވެގެންހެއްޔެވެ؟ މަގުމަތި ބަލަހައްޓާ ފުލުހުންގެ ކުއްތާތަކަށްވެސް ނުއެނގުނީ ކީއްވެގެން ހެއްޔެވެ؟ 

2015 ވަނަ އަހަރު ދެމަފިރިންނަށް ލިބުނު ނުކުޅެދުންތެރިކަންހުރި ކުއްޖަކު ވަނީ ވަރަށް ޅަފަތުގައި އާދައާއި ޚިލާފްގޮތަކަށް މަރުވެފައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މިމައްސަލައިގައި ފުލުހުން އަދި އިތުރު މައުލޫމާތެއް ނުދެއެވެ. 

މިހާދިސާ އާއި ގުޅިގެން ފުލުހުންނާއި ޢާއިލާ އާއި ދެމެދުގައިވަނީ ދެބަސްވުން އުފެދިފައެވެ. ޢާއިލާއިން ކަންބޮޑުވަނީ ފުލުހުން އެމީހުންގެ ދަރިފުޅު ހޯދަން ޢާންމު އިއުލާނު ނުކުރާތީއެވެ. ފުލުހުން ކުރިމަތިކުރަނީ ކުއްޖާ ބެލެހެއްޓުމުގައި ޢާއިލާއިން އިހްމާލުވެފައިވާކަމުގެ ތުހުމަތެވެ! 

މިހާދިސާއާއި ގުޅިގެން ކުރެވޭ އެއް ތުހުމަތަކީ ޖިންނިއެއް ކުއްޖާ ގެއިން ނެރެގެން ގެންގޮސް މަރާލާފައި އެއްލައިލިކަމުގެ ތުހުމަތެވެ. 

މިއީ އެމެރިކާގެ ކެލިފޯނިއާގައި ހިނގާފައިވާ ހާދިސާއެކެވެ. ވަރަށް ގިަ ސުވާލުތައް އުފެދިފައިވާ މިހާދިސާއިން ލިބިގަންނަން ޖެހޭ އެއް ޢިބްރަތަކީ ނުކުޅެދުންތެރިކަން ހުންނާތީ އެނދުން ނުފައިބާނެ ކަމަށް ބަލައި އެހައި ގިނައިރުވަންދެން ދަރިންގެ ކަންކަން ނުބަލައި ދޫކޮށްލަން ހެޔޮނުވާނެ ކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް